މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ!: މުފްތީ މެންކް

އިންސާނާ ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ފަދައިން އިންސާނުންނަށް ކުރިމަތިވާ ޙާލަތުގައި އިންސާނާ އަމަލުކުރާ ގޮތްވެސް ﷲ ބައްލަވައިވޮޑިގެންވެއެވެ. ކެތްތެރިވެ ސާބިތުވާ މިންވަރުވެސް ބައްލަވައިވޮޑިގެންވެއެވެ. ޔަޤީންކުރަންވީ އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތުޖެހުމުން ނުވަތަ އެކަމަށް ލިޔުއްވަވާފައިވާ ވަޤުތު ޖެހުމުން ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ވަކީލްކުރުމަކީ އެއީއެވެ.

ދުނިޔޭގައި އުޅޭއިރު ތަފާތު ކަންކަތައްތައް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް މާޔޫސް ނުވާށެވެ! މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ. ވީމާ އެއްވެސް މީހަކު މާޔޫސްވެ އުންމީދު ކަނޑައިނުލާށެވެ!

ބައެއް މީހުން މާޔޫސްވަނީ ވަޒީފާ ނުލިބުމާއި އަތްމަތިދަތިވުން ފަދަ ކަންކަމާއި ގުޅިގެންނެވެ. އާމްދަނީ ނުލިބިދާނެ ކަމުގެ ބިރަށެވެ. ނިކަމެތިވެދާނެ ކަމުގެ ބިރަށެވެ. މިއީ ކޮންމެ މީހަކަށް ވެސް ކަންބޮޑުވެވޭނެ ކަމެކެވެ. ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ޙައްލުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުކުރާށެވެ!

ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ދަތިޙާލުވެސް ކުރިމަތިވާނެ ކަމެވެ. ހަމައެއާއިއެކު ދަތިޙާލަކީ އިމްތިޙާނެއް ކަމާއި ދަތިހާލުން ސަލާމަތް ކުރައްވަވާނެކަންވެސް ޔަޤީން ކުރާށެވެ! އިންތިހާނުން ފާސްވާނީ އެއިރުންނެވެ.

ކުރިމަތިވާ ދަތިތަކުން އަރައިގަނެވޭނެ ގޮތް އަހަރެމެންނަށް ނުއެނގިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ މުސްތަޤްބަލު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެކެވެ. އެކަންކަން މިހާރުވެސް ވަނީ ލިޔުއްވަވާފައި ކަމާއި ކަންކަން ހިނގަމުންދާނީ ތަޤްދީރުގައިވާ ގޮތަށް ކަމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން