ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެމީހަކަށް އެންމެ ފައިދާކުރާނެ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެމީހަކަށް އެންމެ ފައިދާކުރާނެ މަގު-!

ތިމާ ބޭނުންވާ ކަމަކަށް އެދި ދުޢާ ކުރުމުން ވީހައި ގިނަ ޘަވާބާއި ރަޙްމަތަށް އެދޭ މީހާ، އޭނާގެ ދުޢާގައި އޭނާގެ އިތުރުން ދުނިޔޭގައި އުޅޭ އެންމެން ހިމަނާށެވެ! އެއިރުން އެ އެންމެންގެ މަތިން އޭނާއަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

މުސްލިމް އަޚުންނަށް ނުއަންގައި ސިއްރުން އޭނާގެ މައްޗަށް ދުޢާކުރުމުން އެދުޢާކުރި ކަންތައް ދުޢާކުރީމާއަށް ދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. ވީމާ ކުރާ ދުޢާގައި ދުނިޔޭގެ އެންމެން ހިމަނައިފިނަމަ އެމީހަކަށް ކުރާނެ ފައިދާއާއިމެދު ވިސްނައިލާށެވެ.  

އެއީ ކުރަން އެހައި އުނދަގޫކަމެއް ނޫނެވެ. މިސާލަކަށް ތިބާގެ އަތްމަތި ދަތިވީއެވެ. ދުޢާކުރަން ބޭނުންވަނީ ތަނަވަސްކަމަށް އެދިއެވެ. އެހެންކަމަށްވާއިރު ދުނިޔޭގައި ދަތިޙާލުގައި ތިބި އެންމެންނަށްވެސް ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރާނީއެވެ. އެއިރުން އެއޮތީ ތިބާގެ ދުޢާގައި ދުނިޔޭގެ ކަންކޮޅުތަކުގައި ދަތިޙާލުގައި ތިބި އެންމެން ހިމެނިފައެވެ.  

މުސްލިމުންނަކީ ދަހިވެތިބައަކަށްވެގެން ނުވާނެއެވެ. ދަހިވެތިމީހަކަށްވެގެން އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އެހެނީ އީމާންކަން ފުރިހަމަވާނީ ތިމާގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން މުސްލިމް ހުރިހާ އަޚުންނާއި އުޚުތުންނަށް އެދުމުންނެވެ. ވީމާ އީމާންކަން ފުރިހަމަކުރުމަށްޓަކައިވެސް ތިމާއަށް އެދޭ އެންމެހައި ކަންކަން ހުރިހާ މުސްލިމުންނަށް ލިބުމަށް އެދެން އެބަޖެހެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން