ޑާކް ޗޮކްލެޓް ކާންވީ މިހެންވެ!

ކިޔުމަށް ހޭދަވާނީ 3މ 2ސ
ޑާކް ޗޮކްލެޓް ކާންވީ މިހެންވެ!

އުންމު ނަވާރު

 

ކޮންމެ ދުވަހަކު ޑާކް ޗޮކްލެޓް ކެއުމަކީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށް ދިނުމުގެ އިތުރުން ސިކުޑީގެ މަސައްކަތް ރަނގަޅު ކޮށްދީ، ސްޓްރެސް ލުއިކޮށްދީ އަދި ހަކުރު ބަލިން ރައްކާތެރިކޮށް ދިނުމަށް އެހީތެރިވާކަމެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ޑާކް ޗޮކްލެޓަކީ އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި އަދި ނިއުޓްރިއަންޓްސް އެކުލެވިގެންވާ އެއްޗެކެވެ.

1. ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ސިސްޓަމެޓިކް ރިވިއު އާއި މެޓާ އެނަލިސިސް އިން ދައްކާ ގޮތުގައި ހަފުތާއަކު އެއް ފަހަރު ޑާކް ޗޮކްލެޓް ކެއި ބައިވެރިންނަށް  އާޓްރީ ބްލޮކް ވުމުގެ ނުރައްކާ 8 ޕަސެންޓްއަށް ދަށްވިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަނީ ޑާކް ޗޮކްލެޓްގައި ހިމެނޭ ފްލެވޮނޮއިޑްސްއިންނެވެ. މި ކެމިކަލްތަކުގެ ސަބަބުން ނައިޓްރިކް އޮކްސައިޑް އުފައްދައި، ލޭހޮޅިތައް ރިލެކްސްވެ، ލޭގެ ޕްރެޝަރު ދަށްވުމަށް މަގުފަހިވާ ކަމަށް ރިވިއުއަކުން ދައްކައެވެ. މީގެ ތެރެއިން ގިނަ ދިރާސާތަކަކީ އޮބްޒަވޭޝަނަލް ދިރާސާތަކަކަށް ވާތީ، ޗޮކްލެޓް ބޭނުންކުރާ މިންވަރު އަންޑަރރިޕޯޓު ކުރާ މީހުންގެ ސަބަބުން ނަތީޖާ ރަނގަޅު ނުވުން އެކަށީގެންވެއެވެ.

2. ނަފްސާނީ ދުޅަހެޔޮކަށް އިތުރުކޮށްދީ، ހަދާން ނެތުން ދުރުކޮށްދީ އަދި މޫޑް ރަނގަޅު ކޮށްދިނުމަށް އެހީތެރިވުން

ދިރާސާތަކުން ދައްކާ ގޮތުގައި 70 ޕަސެންޓް ކޮކޯ ހިމެނޭ ޑާކް ޗޮކްލެޓް ކެއުމަކީ ސިކުނޑިއަށް ފައިދާ ކުރާނެ ކަމެކެވެ. ފްލޮރިޑާގެ ސެއިންޓް ޕީޓާސްބާގްގައި ހުންނަ ލިޕްޓަން ޓީސް އެންޑް އިންފިއުޝަންސްގެ ފުޑް ސައިންޓިސްޓެއް އަދި ރެގިއުލޭޓަރީ އެފެއާޒް އެންޑް ހެލްތް ސައިންސްގެ ގްލޯބަލް ޑައިރެކްޓަރު ޖޯއީ ޑުބޮސްޓް ވިދާޅުވި ގޮތުގައި ޗޮކްލެޓަކީ އުފަލާއި ހިންހަމަޖެހުމަށް ގުޅިފައިވާ ސިކުނޑީގެ ސަރަހައްދުތަކުގައި ނިއުރަލް އެކްޓިވިޓީ އުފައްދައިދޭ އެއްޗެކެވެ. މީގެ ސަބަބުން ސްޓްރެސް ދަށްވެ އަދި މޫޑް ރަނގަޅު ކޮށްދިނުމަށް އެހީތެރިވެދެއެވެ.

3. ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅުކޮށްދީ ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދިނުމަށް އެހީތެރިވުން

ދިރާސާތަކުން ދައްކާ ގޮތުގައި ކޮކޯ ގިނައިން އެކުލެވޭ ޑާކް ޗޮކްލެޓް ސިއްހަތަށް ފައިދާ ހުންނަ ޑައިޓްތަކާއިއެކު ބޭނުން ކުރުމުން ހަށިގަނޑުން ގުލްކޯޒް މެޓަބޮލިއިޒްކުރާ ގޮތް ރަނގަޅުކޮށްދެއެވެ. އިންސިލުން ރެސިސްޓެންޓުގެ ސަބަބުން ލޭގެ ގުލްކޯޒް މަތިވެ ޓައިޕް 2 ގެ ހަކުރު ބައްޔަށް މަގުފަހިވެގެން ދެއެވެ.

އެއް ދިރާސާއަކުން ދައްކަ ގޮތުގައި ޑާކް ޗޮކްލެޓްގައި އެކުލެވޭ ފްލެވޮނޮއިޑްސްއިން އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެއެވެ. އޮކްސިޑޭޓިވް ސްޓްރެސްއަކީ އިންސުލިން ރެސިސްޓެންޓް އުފެދެން މެދުވަރިވާ މައިގަނޑު އެއް ސަބަބުކަމަށް ސައިސްވެރިން ދެކެއެވެ. ވީމާ އޮކްސިޑޭޓިވް ސްޓްރެސް ދަންވުމުން އިންސުލިން ރެސިސްޓެންޓްވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

 

ލިޔުނީ: އުންމު ނަވާރު

މަސްދަރު

https://www.everydayhealth.com/diet-and-nutrition-pictures/delicious-reasons-to-eat-dark-chocolate.aspx?slot=4&eh_uid=168262496&xid=nl_EHNLdiet_2024-08-20_36465512&utm_source=Newsletters&nl_key=nl_diet_nutrition&utm_medium=email&utm_content=2024-08-20_blast_36465512&utm_campaign=Diet_and_Nutrition&zdee=gAAAAABlPt6B9JbynzSdzMd3WeC_oW6XnE0gmd3JeTM45uok7xCKlfu4I3nV7QRUg4cJ6V82FWJ6BuL10sz5Vb3KykF9bzEoR1YnurMUE3uWLjFf0DZgwtQ%3D&lctg=653ede8000ff8a5eaf03003f#how-to-cook-it-flourless-chocolate-cake

މިއަދު އޮންލައިން