މެގްނީޒިޔަމް މަދުވާ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާ މީހުންނަށް ކެއުމުގައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތައް ހާމަކޮށްލާނަމެވެ.
އެއްބާވަތަކީ ފެހިކަން ގަދަ ފަތެވެ. މަހުގެ ތެރެއިން ކަޅުބިލަމަހާއި ސެލްމޮން އެވެ. ސޯޔާބީންސް އެވެ. މޭވާގެ ތެރެއިން އެވޮކާޑޯ އާއި ދޮންކޭލެވެ. ޑާކް ޗޮކްލެޓް، ނޮންފެޓް ނޫނީ ލޯފެޓް ގްރީކް ޔޯގަޓް، ބްރައުން ރައިސް، އެވެ.
މިބާވަތްތަކަށް ބަލާއިރު ފެހިކަން ގަދަ ފަތުގެ ބާވަތްތަކާއި ކަޅުބިލަމަހާއި ދޮންކޭލަކީ ރާއްޖެއިންވެސް ފަސޭހައިން ލިބެންހުރި ބާވަތްތަކެވެ. އަދި އެވޮކާޑޯއަކީވެސް ގިނަ ބައަކު ބޭނުންކުރާ ބާވަތެކެވެ.
އާދައިގެ ދޮންކެޔޮވަކަކުން 32 މގ މެގްނީޒިޔަމް ލިބެއެވެ. ވީމާ ތަނަވަސްކަންހުރިވަރަކުން ދޮންކެޔޮ ފަދަ ބާވަތްތައް ބޭނުންކުރާނަމަ އިތުރު ފައިދާތައްވެސް ކުރެއެވެ. ދޮންކޭލަކީ ވިޓަމިން ސީވެސް ލިބޭ ބާވަތެކެވެ.
މަޢުލޫމާތު: ޔޫއެސްޑީއޭ