ފަރުޟު 5 ނަމާދަށް ރައްކަތެރިވާ މީހާ ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފަރުޟު 5 ނަމާދަށް ރައްކަތެރިވާ މީހާ ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވަވާނެ!

ދެވަނަ ކަމަކަށް ޙަދީޘް ކުރައްވަނީ --- " ފަރުޟު 5 ނަމާދަށް ރައްކަތެރިވާ މީހާ ﷲ ސުބޫހާނަހޫ ވަތަޢާލާ ކަށްވަޅުގެ ޢަޒާބުން އެމީހާ ސަލާމަތް ކުރައްވައޭ." މިއަދު އަޅުގަނޑުމެންނަށް ކަށްވަޅުގެ ޢަޒާބެއް ނޭންގޭނެ. މިހެން ތިބެގެން ކިޔައިދިނަސް އިޙްސާސެއް ނުކުރެވޭނެ. އިޙްސާސް ކޮށްލުމަށްޓަކާ އަޅުގަނޑުމެން އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ދުޢާއަށް ބަލާލަމާ ---  ކަށްވަޅުގެ ޢަޒާބުން ސަލާމަތް ވުމަށް އެދި ދުޢާކުރައްވާ. ކާއިނާތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތެއް ކަމުގައި ފޮނުއްވި ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ. އެހެންކަމުން އުއްމަތަށް އިރުޝާދު ދެއްވާ ޙަދީޘް ކުރައްވަނީ ---- " ކަށްވަޅަކީ ސުވަރުގޭގެ ގަނޑުވަރުތަކުގެ ތެރެއިން ގަނޑުވަރެކޭ، ނުވަތަ ނަރަކައިގެ ވަޅުގަނޑެއްގެ ތެރެއިން ވަޅުގަނޑެކޭ." ޞާލިޙު ހެޔޮ ޢަމަލު ކޮށްފިނަމަ އެއީ ސުވަރުގޭގެ ގަނޑުވަރެކެވެ. ޢަމަލްތަކުން އެއްކިބާ ވެއްޖެ ނަމަ އެއީ ނަރަކައިގެ ވަޅުގަނޑެކޭ. 

އެހެންކަމުން ކަށްވަޅުގެ ޢަޒާބާ ބެހޭގޮތުން ތަންކޮޅެއް ތަފްޞީލުކޮށް ފަހުން އަޅުގަނޑުމެންނާ އެކަންތައްތަކާ ބައްދަލުވާނެ. ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާ މި ޙާދީޘް ކުރައްވަނީ ފަރުޟު 5 ނަމާދަށް ރައްކާތެރިވާމީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދެއްވާ 5 ނިޢުމަތުގެ ތެރެއިން ދެވަނަ ނިޢުމަތަކީ ކަށްވަޅުގެ ޢަޒާބުން އޭނާ ސަލާމަތް ކުރައްވައޭ. 

- ޝައިޚް އިލްޔާސް ޙުސައިން

 

މިއަދު އޮންލައިން