އަބަދު އެއްވަރަކަށް އާމްދަނީ ލިބޭނެކަމަށް ނުވިސްނާށެވެ! މަދުވުމާ ގިނަވުމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަބަދު އެއްވަރަކަށް އާމްދަނީ ލިބޭނެކަމަށް ނުވިސްނާށެވެ! މަދުވުމާ ގިނަވުމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ!

ކުރިމަތިވާ ކަމެއްގެ ސަބަބުން ތިމާއަށް ލިބޭ އާމްދަނީ މަދުވެދާނެއެވެ. އަދި ބައެއް ފަހަރު އެކުގައި ލިބުން ހުއްޓިވެސްދާނެއެވެ. މިފަދަ ގޮތެއް މެދުވެރިވިނަމަވެސް މާޔޫސް ނުވާށެވެ! ކޮންމެ ދުވަހަކު އެއް ވަރަކަށް ނުވަތަ ލިބޭ އާމްދަނީ އަބަދުވެސް ދާނީ އިތުރުވަމުން ކަމަށް ބަލައިގެން ނުވާނެއެވެ! މަދުން ލިބޭ ދުވަހާއި އަދި އެއްގޮތަކަށްވެސް ނުލިބޭ ދުވަސްވެސް އަންނާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ!

ޢުމުރުގެ މިހައިތަނަށް ލިބުނު އާމްދަނީއަށް ޝުކުރުވެރިވާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅުން ހިތްވަރު ލިބިގަންނާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ.

މުސްލިމުންނަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެއްވެސް ޙާލަތަކަށް މާޔޫސްވެގެންވާނެ ބައެއް ނޫނެވެ! ކުރިމަތި ކުރެއްވެވީ އިމްތިޙާނެއް ކަމަށް ޤަބޫލުކޮށް އިމްތިޙާނުން ފާސްވާން މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. ތަގްވާވެރިކަން އިތުރުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! މައްސަލަތައް އެމީހަކަށް ނުވެސް ވިސްނޭހައި ގޮތްގޮތުން ޙައްލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން