ފަރުޟު 5 ނަމާދަށް ރައްކާތެރިވާމީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މަޙްޝަރުގެ މައިދާނުގައި އޭނާގެ ޢަމަލުގެ ފަތް އޭނަގެ ކަނައަތަށް ދެއްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފަރުޟު 5 ނަމާދަށް ރައްކާތެރިވާމީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މަޙްޝަރުގެ މައިދާނުގައި އޭނާގެ ޢަމަލުގެ ފަތް އޭނަގެ ކަނައަތަށް ދެއްވާނެ!

3 ވަނަ ނިޢުމަތް "ފަރުޟު 5 ނަމާދަށް ރައްކާތެރިވާމީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މާދަމާ މަޙްޝަރުގެ މައިދާނުގައި އޭނާގެ ޢަމަލުގެ ފަތް އޭނަގެ ކަނައަތަށް ދެއްވާނެއޭ."  ކާމިޔާބު ވުމުގެ އެންމެ ބޮޑު އަލާމާތް. މިއަދު އަޅުގަނޑުމެން ބަލާލަމާ އަހަރީ އިމްތިޙާނުގައި އަޅުގަނޑުމެންގެ ޅަދަރީންނަށް ސްޓޭޖްމަތިން އޭ ރިޕޯޓް ލިބިގެން ނުވަތަ ކްލާހުން އެއްވަނަ ހާސިލްކޮށްގެން ޝަރަފުވެރި މެހްމާނެއްގެ އަތްޕުޅުން އެ އިނާމް ލިބިގެންދާއިރު އެ ކުއްޖާވެސް އުފަލުގަ އެކުއްޖަ ގޮއްސަ ބުނަނީ ތިމަންނަގެ ރިޕޯޓް ނިކަން ބަލާލާށޭ. މަންމަވެސް އުފަލުގަ، ބައްޕަވެސް އުފަލުގަ، މުޅި އާއިލާގެ އެންމެންވެސް އުފަލުގަ. އަދި އެކުއްޖާވެސް އެހާ އުފަލުގަ.  

އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ --- " މާދަމާ މަޙްޝަރުގެ މައިދާނުގަ، ކާއިނާތުގައި ހުރިހާ އެންމެން އެއްވެ ތިބޭ މައިދާނެއްގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހެއްގެ ޢަމަލުގެ ފަތް އެމީހެއްގެ ކަނައަތަށް ދެއްވުމުން އޭނާވެސް ބުނާނޭ --- " މީ ތިމަންނަގެ ފޮތޭ. މި ކިޔާށޭ ކަލޭމެން، ބަލާބަލާށޭ." --- " ތިމަންނައަށް ޔަޤީންކަން އޮތޭ މި ހިސާބު ބެއްލެވޭ ދުވަހާ ތިމަންނަ ބައްދަލު ކުރަންޖެހޭކަން." --- " އުފަލާއި އަރާމުގަ." ---- " މަތިވެރި ސުވަރުގޭގެ ގެތަކުގައި." --- " އެތާގަ ފައްކާވެގެންވާ މޭވާތައް އޭނައަށް ލިބޭ ހާސިލްކުރެވޭހާ ގާތުގަ އޭނާވީ."  

އެހެންކަމުން ކާއިނާތުގެ ވެރި އިލާހު އެމީހަކާ މުޚާތަބު ކުރައްވާ މި ނިދާ އިއްވަވާނޭ --- " ފާއިތުވި ދުވަސްތަކުގައި ކަލޭ ކޮށް އުޅުނު ކަންތައްތަކުގެ ޖަޒާ އެއްގެ ގޮތުގައި ކަލޭ މިއަދު ސުވަރުގޭގެ ނިޢުމަތުން ކައިބޮއި އުޅޭށެވެ."  ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް މިނިދާ އިއްވެވޭ ބައެއްކަމުގައި ލައްވަވާށި. އާމީން.  

އާދެ، ފަރުޟު 5 ނަމާދަށް ރައްކާތެރިވާ އަޅަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ 3 ވަނަ ނިޢުމަތަކީ އޭނަގެ ޢަމަލުގެ ފަތް މާދަމާ މަޙްޝަރުގެ މައިދާނުގައި ކަނައަތަށް ދެއްވާނެއެ. --- " އޭނަގެ ހިސާބުވެސް ލުއިވާނެ. އުފަލާއި އަރާމުގައި ގޭގެ މީހުންގެ ގާތަށް ދުވެފަ ދާނެ." ފަރުޟު 5 ނަމާދަށް ރައްކާތެރިވުމުން މި ޝަރަފު ލިބެނީ އިނގޭތޯ. 

- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން  

 

މިއަދު އޮންލައިން