ޙަރަމްފުޅު: ޙިޖްރް އިސްމާޢީލް ޙަރަމްފުޅުން ބޭރުގަ ހުރުމާ ޙަރަމްފުޅުގެ ދޮރުކޮޅު އުސްވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޙަރަމްފުޅު: ޙިޖްރް އިސްމާޢީލް ޙަރަމްފުޅުން ބޭރުގަ ހުރުމާ ޙަރަމްފުޅުގެ ދޮރުކޮޅު އުސްވުން-

ޙިޖްރް އިސްމާޢީލް ޙަރަމްފުޅުން ބޭރުގަ ހުރުމާއި ޙަރަމްފުޅުގެ ދޮރުކޮޅު އުސްކަމުން ބައެއް މީހުން ސުވާލުކުރާތީ މިކިޔައިދެނީ އެކަން ހިނގާފައިވާ ގޮތެވެ.  

ޙިޖްރް އިސްމާޢީލް އަކީވެސް ޙަރަމްފުޅުގެ ބައެކެވެ. ބޭރުގައި އެހުރީ އެއިރު މުސްލިމުންގެ ކިބައިގައި ތަނަވަސްކަން ނެތުމުންނެވެ. 

ޢައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. 

"ތިމަން ކަމަނާ ރަސޫލް ()ގެ އަރިއަހުން ސުވާލު ދެންނެވީމެވެ. އަލްޖުދްރް)ޙިޖްރް އިސްމާޢީލް) އެއީ ގެފުޅުގެ ބައެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވެވިއެވެ. އާނއެކެވެ! ތިމަން ކަމަނާ ދެންނެވީމެވެ. އެމީހުން އެތަން ގެފުޅު ތެރެއަށް ނުލީ ކީއްވެގެންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވެވިއެވެ. "ހަމަކަށަވަރުން ކަމަނާގެ ޤައުމުގެ މީހުންނަށް ހޭދަކުރާނެ އެއްޗެއް ނުލިބުނީއެވެ." 

ތިމަން ކަމަނާ ދެންނެވީމެވެ. ގެފުޅުގެ ދޮރުކޮޅު އުސްކޮށްފައި އެވަނީ ކީއްވެގެންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވެވިއެވެ. "އެއީ ކަމަނާގެ ޤައުމުގެ މީހުންނަށް އެމީހުން ބޭނުން ބައަކު ވައްދައި އަދި އެމީހުން ބޭނުން ބައަކު ވަނަ ނުދިނުމަށްޓަކައެވެ. ކަމަނާގެ ޤައުމުގެ މީހުން ކުފްރްގެ ދުވަސްވަރާ ކައިރި ބައަކު (އެބަހީ، އިހަށް ދުވަހު އިސްލާމްވީ ބައަކު) ކަމުގައިވުމުން އެމީހުންގެ ހިތްތަކުން އެކަމަށް އިންކާރުކޮށްފާނެ ކަމަށް ބިރުވެތިވެވަޑައި ނުގަންނަވާނަމަ، ތިމަންކަލޭގެފާނު، ގެފުޅުގެ ތެރެއަށް އަލްޖުދްރް (ހިޖްރް އިސްމާޢީލް) ވެއްދުވީމުހެވެ. އަދި ތަނުގެ ދޮރުކޮޅުވެސް ބިމާ ހަމަކުރެއްވީމުހެވެ."  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން