ކަނޑައެޅިގެން ނަމާދުކުރަން ދެކޮޅު ހަދައި އިންކާރު ކުރުމަކީ އޮޓޮމެޓިކުން ކައިވެނި ރޫޅިގެންދާ ޙާލަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކަނޑައެޅިގެން ނަމާދުކުރަން ދެކޮޅު ހަދައި އިންކާރު ކުރުމަކީ އޮޓޮމެޓިކުން ކައިވެނި ރޫޅިގެންދާ ޙާލަތެކެވެ!

ނަމާދުކުރަން ބުނުމުން އިންކާރުކޮށް ނަމާދުނުކުރާ ފިރިއަކާއެކު އުޅެން ހުއްދަވާނެތޯ؟  

މިބާވަތުގެ ސުވާލުތައް ކިޔުންތެރިން ވަރަށް ގިނައިން ކުރައްވައެވެ. ސުވާލުކުރައްވާ ފަރާތްތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ނަމާދުކުރުމަށް ދެމަފިރިންވެސް އެކަކު އަނެކަކަށް ހިތްވަރުދޭންވާނެއެވެ. ވާގިވެރިވާން ވާނެއެވެ. އަނިބިމީހާ ފިރިމީހާއަށް ވާގިވެރިވާން ވާނެއެވެ. ފިރިމީހާ އަނބިމީހާއަށް ވާގިވެރިވާން ވާނެއެވެ.  

މިއީ ކެތްތެރިވާން ވެސް ޖެހޭ ކަމެކެވެ. ނަމާދުކުރުމުގެ އާދަ ހިފިފައި ނެތް މީހަކަށް ކުއްލިއަކަށް ނަމާދުކުރަން ފެށުމަކީ އެހައި ފަސޭހަކަމަކަށްވެސް ނުވެދާނެއެވެ. ވީމާ ނަޞޭޙަތްތެރިވުމާއިއެކު ކެތްތެރިވާން ޖެހޭނެއެވެ.  

މިގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނުން ގާތްވާނެއެވެ. ނަމަވެސް ކަނޑައެޅިގެން ނަމާދުކުރަން ދެކޮޅު ހަދައި އިންކާރުރުކޮށްފިނަމަ އެއީ އޮޓޮމެޓިކުން ކައިވެނި ރޫޅިގެންދާ ޙާލަތެކެވެ. ނަމަވެސް މައްސަލަ ނިންމަންވާނީ ޝަރުޢީ މަރުޙަލާގެ ތެރެއިން ކޯޓުތަކުންނެވެ.  

- ޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލްޙަކީމްގެ ބަސްފުޅަކުން  

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=241578030554411

.

 

މިއަދު އޮންލައިން