ސުވަރުގެ ޔަޤީންކުރަން އެންމެ ފަސޭހައިން ކުރެވެން އޮތް އެއް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
ސުވަރުގެ ޔަޤީންކުރަން އެންމެ ފަސޭހައިން ކުރެވެން އޮތް އެއް ޢަމަލު-

"ސުވަރުގެ ލިބުން ޔަޤީން" މިބަސް އަހުރެން ބޭނުން މިކުރަނީ އަހުރެންގެ ދުލުން ބުނިނަމަވެސް އަހުރެން ބުނާ ބަހެއްގެ ގޮތަކު ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި އެކަން ބަޔާންކުރައްވަވާފައި އޮތުމުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެފަދަ އެފަދަ ބަސްފުޅެއް ޙަދީޘްފުޅު ކުރައްވަވާނީ އެކަން ﷲ ތަޢާލާ އަންގަވައިދެއްވެވުމުންނެވެ. ވީމާ މިބުނާ ވާހަކައަކަށް އެއްވެސް ޝައްކުކަމެއް ނެތެވެ.   

އާޔަތުލްކުރުސި އާއި ބެހޭ ގޮތުން ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިފަދައިންނެވެ.  

"ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔާ މީހާ ދަންނާށެވެ! މަރުވުން ފިޔަވައި އެހެން ކަމެއް އޭނާ ސުވަރުގެ ވަނުން މަނައެއް ނުކުރެއެވެ. (އެހެން ހުރަހެއް ނެތެވެ.)" 

Narrated Abu Umamah (RA): 

Allah's Messenger () said: 

"Whoever recites Ayat al-Kursi at the end of every obligatory prayer, nothing but death will prevent him from entering Paradise." 

[An-Nasa'i reported it, and Ibn Hibban graded it Sahih (authentic).  

މިފަދަ ކަންކަމަކީ ސުވަރުގެ އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ! އާޔަތުގެ މާނަވެސް ދަސްކުރައްވާށެވެ! އަދި ދަރިން ނިންދަވާއިއރު ކުރުސި ކިޔައިދެއްވާފަދައިން މާނަވެސް ކިޔައިދެއްވައި ދަސްކޮށްދެއްވާށެވެ! 

އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތެވެ!  

ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދީން ހޭލަންދެން ޝައިޠޯނުންގެ ކިބައިން އޭނާ ސަލާމަތްކުރައްވަވައި ދެއްވަވާނެ މަލާއިކަތަކު ބަހައްޓަވައި ދެއްވަވާނެކަން ވެސް ޙަދީޘްފުޅުން އެނގެއެބައޮތެވެ! 

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ 

"ﷲ އީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއް ވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: ޚަލްޤް ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމްފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސީ، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ." (އަލްބަޤަރާ: 255)

 

މިއަދު އޮންލައިން