ﷲ ތަޢާލާ ތިބާއާއެކު ވޮޑިގެންވާން އެދެމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ﷲ ތަޢާލާ ތިބާއާއެކު ވޮޑިގެންވާން އެދެމުހެއްޔެވެ؟

ޒުވާންކަމުގެ ދައުރު ޢިލްމަށްޓަކައި ހޭދަކޮށްފިމީހާ ފަހެ ހަމަކަށަވަރުން މުސްކުޅިވުމުން އޭނާ އިންދި އަދި ކެނޑިއެއްޗަކަށްޓަކައި ޝުކުރުކުރާނެއެވެ. އަދި އޭނާ އެއްކުރި އެއްޗެއް، ލިޔެ އެކުލަވާލުމުގެ ލައްޛަތު ލިބިގެންދާނެއެވެ. އަދި ޙާޞިލުވާ ޢިލްމުގެ ލައްޛަތްތަކަށް ބަލާ، ހަށިގަނޑުގެ ލައްޛަތުތަކުން ގެއްލޭ ކަންކަމީ އެއްވެސް އެއްޗެއްކަމުގައި ނުދެކޭނެއެވެ. 

އިމާމް އަޙްމަދު رحمه الله އަށް ދެންނެވުނެވެ. އަރާމުގެ ރަޙަ ލިބުން އޮތީ ކޮންއިރަކުންތޯއެވެ؟ ވިދާޅުވިއެވެ. “ސުވަރުގޭގައި އަޅާ ފުރަތަމަ ފިޔަވަޅާ އެކުގައެވެ." [طبقات الحنابلة لابن أبي يعلى (1 / 293)] 

އެކަމަށް އެދުމުގައި ތިބާ ތެދުވެރިވި ވަރަކަށް ﷲ ތިބާއާއެކު ވޮޑިގެންވާނެއެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވި މިންވަރަކަށްވެސް މެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން މެނުވީ އަޅާއަށް އެއްވެސް އާރެއް އަދި ބާރެއްވެސް ނުވާކަމަށް އިޢުތިރާފުވުމުންނެވެ.  

[خطوات إلى السعادة لد. عبدالمحسن القاسم (ص:  68)] 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން