މީހެއްގެ ބަލިޙާލަތު ހުންނަ ގޮތަކުން ވުޟޫވެސް އަދި ތަޔައްމަމްވެސް ނުކުރެވޭފަދަ ޙާލަތެއްގައިވީނަމަވެސް ނަމާދު އެޅުމެއް ނެތެވެ. އޮތީ ނަމާދުކުރުމެވެ. އެމީހާގެ ޙާލަތު ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ.
ސުވާލު: ދެ ތަހާރަތުން މަޙުރޫމް ވެފައިވާ މީހާ ނަމާދުކޮށް ދީނުގެ ފަރުޟުތައް އަދާކުރެވޭނެ ގޮތަކީ ކޮބައިތޯ؟ އެއީ ފެނާއި ވެލި، ނޫނީ ހިރަފުސް ތަޔަންމަމު ކުރުމުން، ބަލި ބޮޑުވާކަމަށް ޢަދުލުވެރި އިސްލާމް ޑޮކްޓަރ ބުނެފިނަމަ ކިހިނެއްތޯ ހަދާނީ؟
ޖަވާބު:. ވުޟޫވެސް ތަޔަންމަމުވެސް ނުކޮށް ނަމާދު ކުރާނީ.
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
(ވުޟޫވެސް، ތަޔަންމަމުވެސް ނުކޮށް ނަމާދު ކުރެވޭނެ ޙާލަތަކީ ފެނުން ވުޟޫކުރުމުންނާއި ވެލި، ނޫނީ ހިރަފުސް ތަޔަންމަމު ކުރުމުން، ބަލި ބޮޑުވާކަމަށް ޢަދުލުވެރި އިސްލާމް ޑޮކްޓަރަކު ބުނެފިނަމައެވެ.)