ދެ ތަނބު ދޭތެރޭ ސަފު ހެދުން ހުއްދަ ވާނެތޯ؟
އާދެ، ދެތަނބު ދޭތެރޭގަ ސަފު ހެދުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މަނާ ކުރައްވާފަ. އަޞްޙާބު ބޭކަލުން ވިދާޅުވަނީ ތިމަންނަމެންނަށް ﷲ ގެ ނަބިއްޔާ ދެތަނބު ދޭތެރޭގަ ސަފު ހެދުން މަނާ ކުރެއްވިއެވެ. އަދި ދެތަނބު ދޭތެރޭގަ އެގޮތަށް، ބައެއް މީހުން ސަފު ހަދަން މަސެއްކަތް ކުރީމާ ގަދަކަމުން އެބަހުރި ބައިލުއްވާފަ، ފަހަތައް ޖައްސަވާފަ އެބަހުރި، ފައްސަވާފަ އެބަހުރި.
އެ ޙަދީޘްގަ އޮންނަނީ ފައްސަވައިލެއްވުން. ދެތަނބު ދޭތެރޭގަ ބައެއް މީހުން އެގޮތަށް ސަފު ހެދީމަ ފައްސަވައި ލައްވާފަ އެބަހުރި ދެތަނބު ދޭތެރެއިން މީސްތަކުން ފައްސަވައި ލައްވާފަވެސް އެބަހުރި. އެހެންމަ ދެތަނބު ދޭތެރޭގަ ސަފު ހެދުން އެއީ މަނާ ކުރައްވާފަ އޮތް ކަމެއް. އެހެންމަ އެކަން ކޮށްގެން ނުވާނެ، މަނާ ކުރައްވާފަ އޮތް ކަމެއް. މަޖުބޫރީ ހާލަތެއްގަ މެނުވީ. މަޖުބޫރީ ހާލަތެއްގަ މެނުވީ އެކަން ކޮށްގެން ނުވާނެ. އެހެންމަ ދެތަނބު ދޭތެރޭގަ،
ސަފުތަކުގެ އަސްލު މުރާދަކީ އެއީ ގުޅިފައިވުން. އެކަކު އަނެކަކާ ގުޅިފައިވުން. މިހާރު ދެތަނބު ދޭތެރޭގަ ސަފު ހެދީމަ އެ ސަފުތަކުގެ މަޤްޞަދު ގެއްލިގެން އެބަދޭ. މިހާރު ނަމާދު ޤާއިމް ކުރުމުގެ ތެރެއިން ހިމެނޭ ކަމެއް އެއީ ސަފު ސީދާކޮށް އެއްބަޔަކު އަނެއް ބަޔަކާ ގުޅި ލާމެހިގެން ދިޔުން. އެއީ ނަމާދު ފުރިހަމަ ކުރުމުގެ ތެރޭގަ ހިމެނިގެންދާ ކަމެއް އެއީ. ﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ ނަމާދު ކުރާށެކޭވެސް ނޫން، ނަމާދު ޤާއިމް ކުރަން އެންގެވީ.
--- " ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށޭ." ނަމާދު ޤާއިމް ކުރަން ﷲ އެންގެވީ. އެހެންމަ ނަމާދު ޤާއިމް ކުރުމުގެ ތެރެއިން ހިމެނިގެން ދާކަމެއް މީ ސަފު ސީދާކޮށް ހެދުމާއި، ސަފު މެދު ނުކެނޑުމާއި، ސަފުގަ އެކަކު އަނެކަކާ ގުޅި ލާމެހިގެން ތިބުމާއި، މިކަންކަމަކީ މީ ނަމާދު ޤާއިމް ކުރުމުގެ ތެރޭގަ ހިމެނިގެން ދާކަމެއް. --- އެކަލޭގެފާނު އެބަހުރި ސަފަށް ގޮވާލައްވާ އިރު ގޮވާލައްވާފަ --- " ސަފުތައް ސީދާކޮށް އެއްވަރު ކުރުން މެދު ނުކެނޑޭގޮތަށް އެކަކު އަނެކަކާ ގުޅި ލާމެހި ސަފުތައް ބަދަހިކޮށް ބެހެއްޓުން" އެއީ ނަމާދު ޤާއިމް ކުރުމުގެ ތެރެއިން ހިމެނިގެންދާ ކަމެކޭ އެއީ. އެހެންމަ ނަމާދު ޤާއިމް ކުރުމަށް ﷲ އަމުރު ކުރައްވާފައިވަނީ އަޅުގަނޑުމެންނަށް. އެހެންމަ އެ ދެތަނބު ދޭތެރޭގަ ސަފު ހެދީމަ އެ މަޤްޞަދު އެބަ ގެއްލިގެން އެބަދޭ. އެހެންމަ ދެތަނބު ދޭތެރޭގަ ސަފު ހަދައިގެން ނުވާނެ މަޖްބޫރީ ހާލަތެއްގަ މެނުވީ.
އެ މަޖްބޫރީ ހާލަތެކޭ މި ދެންނަވީ މިސާލަކަށް ހުކުރު ދުވަހު މީސްތަކުން ގިނަވެގެންދާނެ މިސްކިތައް. މިސްތަކުން ގިނަވެގެން ދާނޭ ވަޤުތުތަކުގަ ޖާގަ އޮންނާނީ ކުޑަވެފަ މިސްކިތުގަ. އެ ހާލަތްތަކުގަ ދެތަނބު ދޭތެރޭގަވެސް ސަފު ހެދޭނެ. އެވަގުތުގަ ޖާގައެއް ނެތް އެނޫނިއްޔަކާއެއް. އެހެންމަ އެތާންގަވެސް އެފަދަ ހާލަތްތަކުގަ ސަފު ހެދޭނެ އެނޫން ހާލަތްތަކެއްގަ އެތަން ނޫން ތަނެއްގަ ސަފު ހެދެން އޮއްވާދެ ތަނބު ދޭތެރޭގަ ސަފު ހަދައިގެން ނުވާނެ.
- ޝައިޚް މުޙައްމަދު އިބްރާހީމް