ﷲ އަށްޓަކާ ހުވަފަތް އަންހެނުންނަށާ ނިކަމެތި ފަޤީރު އަންހެނުންނަށް އެހީތެރިވެދޭ މީހާގެ މަތިވެރިކަން އެނގޭނަމަ ކޮންމެ މުސްލިމަކުވެސް އެޙީތެރިވެދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ﷲ އަށްޓަކާ ހުވަފަތް އަންހެނުންނަށާ ނިކަމެތި ފަޤީރު އަންހެނުންނަށް އެހީތެރިވެދޭ މީހާގެ މަތިވެރިކަން އެނގޭނަމަ ކޮންމެ މުސްލިމަކުވެސް އެޙީތެރިވެދޭނެ!

ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށް ވުމަށްޓަކައި ޖިހާދުކުރަން ހުރި މަގުތައް ވަރަށް މަދުވެއްޖެ ކަމަށް ބުނާ މީހުންނާއި އެކަމަށް ކަންބޮޑުވާ މީހުން ދަނީ ގިނަވަމުންނެވެ. ހިތާމައަކީ ކަން އޮތް ގޮތާއިމެދު އެމީހުން ވިސްނައި ނުލާކަމެވެ! ޙަޤީޤަތް އޮޅުން ނުފިލުވައި ތިބެގެން ވާހަކަތައް ދައްކާ ކަމެވެ. ހަމައެކަނި މިޙަދީޘްފުޅު އެނގޭނަމަވެސް އެމީހާ ހުންނާނީ އުފަލުންނެވެ!  

އުފާނުވާނީ ކީއްވެގެން ހެއްޔެވެ؟  

Prophet Muhammad () said:

"The one who looks after a widow or a poor person is like a Mujahid (warrior) who fights for Allah's Cause, or like him who performs prayers all the night and fasts all the day."

Sahih al-Bukhari 5353  

މިޙަދީޘްފުޅުން އެއްވެސް ޝައްކެއް ނެތި އެނގެން މިއޮތީ ހުވަފަތް ނުވަތަ ފަޤީރު އަންހެނަކަށް އެހީތެރިވެ ބަލަހައްޓައި ދިނުމަކީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ މަތިވެރި ޘަވާބު ދެއްވަވާނެ ކަމެއް ކަމެވެ. އަދި މުޅި ރޭގަނޑު ރޭ އަޅުކަން ކުރުމާއި ހުރިހާ ދުވަހަކު ރޯދައަށް ހުރުންހައިވެސް މަތިވެރި ކަމެއް ކަމެވެ.  

ގިނަފަންގިފިލާތަކަށް ގެތައް އުފުލައިގެން އުޅޭ މީހުން ކޮންމެ ބުރިއެއްގައި ނޯކަރަށް ކޮޓަރި ހަދާ އުޞޫލުން ނަމަވެސް ކޮޓަރިއެއް ހަދައި ހުވަފަތް އަންހެނަކު ނުވަތަ ފަޤީރު އަންހެނަކު ގެންގުޅެން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟  

އެހައިވަރުގެ ތަނަވަސްކަން ނެތް މީހުންނަށް އެމީހުންގެ އަމިއްލަ ގޭގައި ނުބެއިތިއްބުނު ނަމަވެސް ހުވަފަތް އަންހެނުންނާއި ފަޤީރުން ތިބި ތަނެއްގައި ބައިތިއްބައިގެން އެހީތެރިވެދިނުން ކީހެއްޔެވެ؟  

މާލީ ގޮތުން އެހީތެރިވުމުގެ ތަނަވަސްކަން ނެތް މީހުން، އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދީގެންވެސް އެހީތެރިވެދިނުން ކީއްހެއްޔެވެ؟  

މިހިރީ ހައްތާވެސް ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރާ މީހަކަށް ވުމަށް ހުރި ވަރަށް ފަސޭހަ މަގުތަކެވެ. އޮތީ ހިތްވަރުކުރަން ކެރުނު ވަރެއް ނޫން ހެއްޔެވެ؟ ދުނިޔޭގައި ހުރެވޭ މަދު ދުވަސްކޮޅުގައި ފުރުޞަތުގެ ބޭނުން ހިފާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން