މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް އެކުގައި ކުރެވިދާނެތޯ؟
އާދެ، މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރެވިދާނެ. މައްސަލައެއް ނޫން އެއީކީއެއް. ހަމަ އެއް އައްތަޙިއްޔާތުން ނިމޭގޮތަށް. އެއީ ސުންނަތް ނަމާދެއް. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަމުނަމާދުގަވެސް އެގޮތަށް ކުރައްވާ. އެއް އައްތަޙިއްޔާތުން ބައިވަރު ރަކްޢަތް އެކަލޭގެފާނު ކުރައްވާ. އެހެންވީމަ ސުންނަތް ނަމާދުތައް އެގޮތަށް ކުރެވޭނެ، އެއީ މައްސަލައެއް ނޫން.
ދެން އެހެން ނަމަވެސް ސުންނަތް ނަމާދުތައް އެންމެ ރަނގަޅު ގޮތަކީ އެންމެ އައުލާކަން ބޮޑުވެގެން ވާގޮތަކީ ހަމަ 2 ރަކްޢަތުން 2 ރަކްޢަތުން ކުރުން. 2 ރަކްޢަތް ކޮށްފަ އަނެއްކަ ސަލާމް ދިނުން، 2 ރަކްޢަތް ކޮށްފަ އަނެއްކާ ސަލާމް ދިނުން. އެއީ އެންމެ ރަނގަޅުގޮތަކީ. ދެން ހަމަ 4 ރަކްޢަތް އެއްކޮށްވެސް ކުރެވޭނެ. އެއީކީ މައްސަލައެއް ނޫން އެއީކީއެއް. މިހާރު ވިތްރީގެ 3 ރަކްޢަތް ވެސް ހަމަ އެއްކޮށް އެބަ ކުރެވޭނު.. ހަމަ އެގޮތަށް އެ 4 ރަކްޢަތް ވެސް ހަމަ އެއްކޮށް ކުރެވޭނެ..
- ޝައިޚް މުޙައްމަދު އިބްރާހީމް