ކުރިމަތިވާ މައްސަލަތަކުގެ ޙައްލަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް ކިޔަމަންތެރިކަން އިތުރުކުރުން-

ކިޔުމަށް ހޭދަވާނީ 5މ 29ސ
ކުރިމަތިވާ މައްސަލަތަކުގެ ޙައްލަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް ކިޔަމަންތެރިކަން އިތުރުކުރުން-

ޢާއިޝަތު ރަފާޙް ޢަލީ

 

· ނިކަމެތިކަން އިޙްސާސްކުރެވުން: 

ﷲ ތަޢާލާ އިންސާނާ ހައްދަވާފައިވަނީ ވަރަށް ނިކަމެތިކޮށެވެ. މަނިތިއްކަކުން އިންސާނާ ހައްދަވާފައިވާކަން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވެއެވެ. 

އެކަން ބަޔާންކޮށްދެއްވާ ޙައްޖު ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجِۭ بَهِيجٍ ﴿٥﴾‏

މާނައީ: "އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން شك އެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدم ގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ مدة އަކަށް رحم ތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ. (5)" 

އެހެންކަމުން ނިކަމެތިކަން އިޙްސާސްކުރެވުމުންވެސް ﷲ ތަޢާލާއަށް ދުޢާކޮށް ދަންނަވަން ޖެހެއެވެ. ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ދަންނަވަންޖެހެއެވެ. ﷲ ތަޢާލާ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ޤަބޫލުކުރަން ޖެހެއެވެ. 

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެން އިންސާނުންނަށް ދެރަކަމެއްވެ ނިކަމެތިކަން އިޙްސާސްކުރަން ޖެހިއްޖެނަމަ ﷲ ތަޢަލާއަށް ދެންނެވުމުގެ ބަދަލުގައި މިއުޒިކް ފަދަ ޙަރާމް ތަކެތީގެ ތެރެއަށް ވަދެގެންދެއެވެ.  

ﷲ ތަޢާލާ ނިސާ ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ وَخُلِقَ ٱلْإِنسَٰنُ ضَعِيفًا ﴿٢٨﴾‏

މާނައީ: "اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ. (28)"

މިއަދު އޮންލައިން