ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހާ ވިދުވަރެއް ފަދަ ހަލުވިކަމާއިއެކު ޞިރާޠުމަގު ހުރަސް ކޮށްލާނެ! އެއްވެސް ހިސާބެއް ނެތި ސުވަރުގެ ވަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހާ ވިދުވަރެއް ފަދަ ހަލުވިކަމާއިއެކު ޞިރާޠުމަގު ހުރަސް ކޮށްލާނެ! އެއްވެސް ހިސާބެއް ނެތި ސުވަރުގެ ވަންނާނެ!

ހަތަރުވަނަ ކަމަކަށް ޙަދީޘް ކުރައްވަނީ --- " ދުނިޔެ ދޫކޮށް ދިއުމަށްފަހުގައި ވަރަށް ގިނަ މަންޒިލްތަކާއި ކުރިމަތިލާން އެބަޖެހޭ. އޭގެ ތެރެއިން އެއް މަންޒިލް ޞިރާތު މަގު ހުރަސް ކުރުން." ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ސިރާތު މަގު ހުރަސްކުރުމަށް އޭނާއަށް ވިދުވަރެއްފަދަ މިސާލެއްގެގޮތުގައި އޭނަ އެމަގު ހުރަސް ކޮށްލާނެ.  

އެގޮތް މިންވަރު ކޮށްދެއްވާނެ ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހަކަށް. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞިރާތު މަގު އެއީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާ ޙަދީޘް ކުރައްވަނީ --- " އެއީ ޖަހައްނަމް މަތީގަ އަޅާލެވޭ ފާލަމެކެވެ." އެ ފާލަމުގެ ސިފަ ބަޔާން ކޮށްދެއްވާ ޙަދީޘް ކުރައްވަނީ ---- " އިސްތަށްޓަކަށްވުރެ ހިމަވާނޭ، ކަނޑިއަކަށްވުރެ ތޫނު ވާނޭ." ކާއިނާތުގެ ވެރި އިލާހު އަޅުގަނޑުމެންނަށް، އެމަގު އަޅުގަނޑުމެން ހުރަސްކުރަން ޖެހޭކަން އިޢުލާނު ކުރައްވާ އަންގަވަނީ --- " ތިޔައިން ކޮންމެ މީހަކުވެސް އެމަގު ހުރަސް ކުރަން ޖެހޭނެ. އެއީ ތިމަން އިލާޙުގެ ޙަޒްރަތުގައި ނިޔާ ކަނޑައެޅި ނިމިފައިވާ ގޮތެކެވެ. ތިމަން އިލާޙަށް ބިރުވެތިވާ މީހުން ތިމަން އިލާޙު އެތަނުން ސަލާމާތް ކުރައްވާ ހުށީމެވެ. ނުކިޔަމަންތެރިވާ އަޅުން، އަނިޔާވެރިވީ އަޅު، އަމިއްލަ ނަފްސަށް އަނިޔާކުރިމީހުން ތިމަން އިލާޙު ދޫކުރައްވާ ހުށީމެވެ." 

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ސަލާމަތް ކުރައްވާށި. އިސްތަށްޓަކަށްވުރެ ހިމަ، ކަނޑިއަކަށް ވުރެ ތޫނު މަގެއް އަޅުގަނޑުމެން ޚިޔާރު ކުރަން އެބަޖެހޭ، ޞިރާތު މަގު، އިންކާރު ކުރެވޭނެ ޖާގައެއްވެސް ނެތް. ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުގެ މިންވަރަށް އެ މަގު ހުރަސް ކުރާނެ. ފަރުޟު 5 ނަމާދަށް ރައްކާތެރިވާ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ނިޢުމަތް އެބަ ދެއްވާ. ވިދުވަރެއްހެން އޭނަ އެމަގު އެބަ ހުރަސްކުރައްވާ. އާދެ މީ ފަރުޟު 5 ނަމާދަށް ރައްކާތެރި ވުމުން ލިބޭ ނިޢުމަތް.  

5 ވަނަ ނިޢުމަތަކީ  --- " އެއްވެސް ކަހަލަ ހިސާބެއް ނެތި ސުވަރުގެ ވަންނާނެއެވެ. ﷲ ސުބޫޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް ހިސާބެއް ނެތި ސުވަރުގެ ވަދެވޭ މުސްލިމުން ކަމުގައި ލައްވާށި. އާމީން.  

އާދެ! މީ ފަރުޟު 5 ނަމާދާށް ރައްކާތެރި ވުމުން، ކާއިނާތުގެ ވެރި އިލާޙު އެމީހަކަށް ދެއްވާ 5 ނިޢުމަތެއް.  

·      ދިރިއުޅުމުގެ ދަތިކަން އޭނަގެ ކިބައިން ދުރުކޮށްދެއްވަނީ.

·      ކަށްވަޅުގެ ޢަޒާބުން އޭނާ ސަލާމަތް ކޮށްދެއްވަނީ.

·      މާދަމާ މަޚްޝަރުގެ މައިދާނުގަ ކާއިނާތުގެ އެންމެން އެއްވެ ތިބޭ މާއިދާނެއްގައި އޭނަގެ ޢަމަލުގެ ފަތް އޭނަގެ ކަނައަތަށް ދެއްވަނީ. އޭނަ ކާމިޔާބު ވުމުގެ އެއްމެބޮޑު އަމާލާމާތް.

·      ޞިރާތު މަގު ވިދުވަރެއްހެން ހުރަސް ކުރާނެ ފުރުޞަތު ދެއްވަނީ.

·      ހިސާބެއް ނެތް ގޮތުގައި ސުވަރުގެ ވައްދަވަނީ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ މި ނިޢުމަތް ލިބިގެންވާ މުއުމިނުން ކަމުގައި އަޅުގަނޑުމެން އެންމެންވެސް ލައްވާށި.

 

- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

މިއަދު އޮންލައިން