ހަނދުމަކޮށްދިނުމެއް!: ހުކުރުވަގުތު އެއާޕޯޓްގަ މަސައްކަތްކުރަންޖެހޭނަމަ ހުކުރުނަމާދުން އިސްތިސްނާވާނެ! އޮތީ މެންދުރު ނަމާދުކުރުން!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަނދުމަކޮށްދިނުމެއް!: ހުކުރުވަގުތު އެއާޕޯޓްގަ މަސައްކަތްކުރަންޖެހޭނަމަ ހުކުރުނަމާދުން އިސްތިސްނާވާނެ! އޮތީ މެންދުރު ނަމާދުކުރުން!: ޝައިޚް ޝާފިޢު

އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ހުކުރު ދުވަހު ޑިޔުޓީތަކުގައި ތިބެންޖެހޭތީ ހުކުރުނަމާދުގެ ޖަމާއަތަށް ނުދެވޭތީ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ ބަސްފުޅެވެ.   

އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، ފްލައިޓްތަކުގެ ކަންކަމަށް ގަޑިން ގަޑިއަށް ޙާޟިރުވާންޖެހޭ މުވައްޒަފުން. މިސާލަކަށް ޕައިލެޓުން ކެބިން ކުރޫއިން ފެށިގެން އިމިގްރޭޝަން އަދި މުސާފިރުންގެ ކަންކަމުގައި އުޅެންޖެހޭ މީހުން ހިމެނޭނީ ހުކުރު ނަމާދުގެ ޖަމާޢަތަށް ދިޔުމުން އިސްތިސްނާވެގެންވާ މީހުންގެ ތެރެއިންނެވެ.  

އިސްލާމީ ޤައުމެއްގެ އަޞްލަކީ، ހުކުރު ވަޤުތުގައި ފްލައިޓްތައް ނުޖެއްސުމެވެ. އެހެންނަމަވެސް، ދަތުރުވެރިންނަކީ ހުކުރު ނަމާދު ވާޖިބުވާ ބަޔަކަށް ނުވެފައި، ޖާގައިގެ ގޮތުން ދަތިކަމުގެ ސަބަބުންނާއި، ނުވަތަ އިމަޖެންސީގައި ޖައްސަންޖެހޭ ފްލައިޓްތައް ޖެއްސުމާއި، ފްލައިޓްތައް ގިނަވުމުގެ ސަބަބުން ހުކުރު ދުވަހު ހުކުރު ވަޤުތާ ދިމާކޮށް ފްލައިޓްތައް ނުޖައްސާ ވާން ނެތް ޙާލަތުގައި ފްލައިޓްތައް ޖެއްސުމަކީ މަޞާލިޙުލް މުރްސަލާގެ ދަށުން ހުއްދަކަމެކެވެ.  

އެފަދަ ޙާލަތުގައި އެފަދަ ފްލައިޓްތަކުގެ ކަންކަމަށް ޙާޟިރުވާން ޖެހޭ މުވައްޒަފުން ހިމެނޭނީ ހުކުރު ނަމާދުން އިސްތިސްނާ ވެގެންވާ މީހުންގެ ތެރެއިންނެވެ. އެފަދަ މީހުން ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ. 

الشيخ محمد شافع

 

މިއަދު އޮންލައިން