ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް މިދުޢާކުރުން އާދަކުރުން މުހިންމު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް މިދުޢާކުރުން އާދަކުރުން މުހިންމު-

މީސްތަކުންނޭވެ! އަހަރެމެން އެންމެންހެން މިއަދު އެންމެ ބޮޑަށް ކަންބޮޑުވެގެން މިއުޅެނީ އަހަރެމެންނަށް ލިބޭ ދަރިން ޝައިޠޯނާގެ މަގަށް ހެއްލިގެންދާތީއެވެ. އަޅުކަމާއި ދުރުހެލިވާތީއެވެ. އެފަދައިން ވުމަށް ނުއެދޭ މީހާ މިފަދަ ޙަދީޘްފުޅުތަކަށް އަމަލުކުރާށެވެ! މިހުންނަނީ މާދިގު ދުޢާތަކެއްވެސް ނޫނެވެ. ނުހަނު ކުރުކުރު ދުޢާތަކެވެ. ކިޔަން ފަށާއިރަށް ހިތުދަސްވާ ފަދަ ދުޢާތަކެވެ. 

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ كُرَيْبٍ، عَنِ ابْنِ عَبَّاسٍ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏

لَوْ أَنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ قَالَ 

"بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا‏.‏  فَقُضِيَ بَيْنَهُمَا وَلَدٌ، لَمْ يَضُرَّهُ" 

ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރަން މަސައްކަތް ފަށަންވީ ބޮޑެތިވެ މަގުން ކަސިޔާރުވުމަކުން ނޫނެވެ! އުފަންވުމަކުން ވެސް ނޫނެވެ! އެއިގެ މާކުރިންނެވެ! އެކަން އެނގިގެންދަނީ މި ޙަދީޘްފުޅުންނެވެ. 

އެހެނީ ދެމަފިރިން އެކުގައި ރޭކުރާއިރުވެސް ބިސްމިﷲ ކިޔުމަށާއި ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި މިފަދައިން ދުޢާކުރަން ރަސޫލް ޞައްލަﷲ ޢލައިހިވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

"ތިއަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާ އާއިއެކު ރޭކުރާއިރު މިފަދައިން ކިޔައިފިނަމަ 

بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا 

(މާނައީ ﷲ ގެ އިސްމްފުޅުން ފަސައިގަންނަމެވެ. اللَّهُمَّ ތިމަންމެންނާއި  ތިމަންމެންނަސް ދެއްވާ ރިޒްޤް (އެބަހީ ދަރިން) ޝައިޠޯނާ ކިބައިން ސަލާމަތްކޮށްދެއްވަވާނދޭވެ!) 

އެދެމަފިރިންނަށް ދަރިއަކު ދެއްވަވައިފިނަމަ އެދަރިފުޅަކަށް އެއްވެސް ގެއްލުމެއް ނުވާ ހުއްޓެވެ!"

(ޞަޙީހް ބުޚާރީ: 141)

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން