ކެތްތެރިކަން އިސްކޮށް ދުޢާކުރުމުގަ ޘާބިތުވެއްޖެ މީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެތްތެރިކަން އިސްކޮށް ދުޢާކުރުމުގަ ޘާބިތުވެއްޖެ މީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ކިތަންމެ ބޮޑު ބަލިމަޑުކަމެއްގައި ނުވަތަ ކިތަންމެ ބޮޑަށް އަތްމަތި ދަތިވިނަމަވެސް މާޔޫސް ނުވާށެވެ! ކެތްތެރިކަން އިސްކުރާށެވެ! އަދި ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ބަދަލު ދެއްވަވާނެތެވެ!

ޢިބްރަތް ޙާޞިލުކުރަންވީ އައްޔޫބުގެފާނަށް ކުރިމަތިވެވަޑައިގެންނެވި ޙާލުކޮޅާއިމެދުގައެވެ. މުޅި ހަށިކޮޅަށް ބަލި ފެތުރި ތިނޯހެއް ޖައްސައިލާނެ ވަރުގެ ތަންކޮޅެއް ވެސް ހަށިކޮޅުގައި ނެތް މިންވަރަށް ހަށިކޮޅުގައި ބަލި ފެތުރުނެވެ.

އައްޔޫބްގެފާނަކީ މުދައު ގިނަ ތަނަވަސް ބޭކަލެކެވެ. ދަރިން ގިނަ ބޭކަލެކެވެ. އެހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ގެންދެވިއެވެ. އެބަލި ޙާލުކޮޅުގައިވެސް އަދި އެހުރިހާ ނިޢްމަތްތަކެއް ގެއްލިވަޑައިގަތުމުން ވެސް ކެތްތެރިވެވަޑައިގެން އަދި ﷲ ތައާލާ އަށް ދުޢާ ކުރެއްވެވުމުން ފުރިހަމަ ޞިއްޙަތާއި އަދި ﷲ ތަޢަލާ ގެންދެވި ހުރިހާ ނިޢްމަތްތަކެއް އަނބުރައި ދެއްވެވިއެވެ.

ކީރިތި ޤުރްއާނުގައިވެސް އައްޔޫބްގެފާނުގެ ވާހަކަ ބަޔާންވެގެންވެއެވެ. ވީމާ ހަމައެކަނި އެވާހަކަ ނުވަތަ އެއާޔަތްތައް ކިޔައިލުމަކުން ނުފުދެއެވެ. ޢަމަލުކުރަންވެސް ޖެހެއެވެ. ކިޔުމުން ހަމައެކަނި އެނގޭނީއެވެ. އެނގުނަސް ފައިދާކުރާނީ ޢަމަލުކުރި މީހަކަށެވެ!

އެކަން ޔަޤީންކުރާށެވެ! ﷲ ތަޢާލާގެ ތަޙްމަތާއިމެދު މާޔޫސްނުވާށެވެ! ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކޮށް ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދިއުމުން ﷲ ތަޢާލާ ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ

--ޑރ. އަނާރާ ނަޢީމްގެ ދަރުސަކުން

މިއަދު އޮންލައިން