އެއީ ކޮންމެ މީހަކު ނަމަވެސް ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކޮށް ބަހަނާ ދައްކާ މީހަކަށް އިޞްލާޙެއް ނުވެވޭނެއެވެ. އެއީ އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް އެކަން އޮތީ މިބުނި މަގުންނެވެ. އެފަދަ މީހުން، އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ވިސްނި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ.
ވީމާ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން އެދޭ މީހާ ފުރަތަމަ ކަމަކަށް ތިމާއަށް ކުރެވޭ ކުށްތައް ޤަބޫލުކޮށް އެކަންކަމުގެ ޒިންމާ ނަގާ މީހަކަށްވާށެވެ! އަދި ތިމާ ކުރާ ކަންކަމަކީ ތިމާއަށް ކުރެވުނު ކަންކަމްށްވާއިރު ގޯސްކޮށް އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެކަމުގެ ޒިންމާ ވެސް ނަގަންކެރޭ މީހަކަށްވާށެވެ! ރަނގަޅަށް ކަމެއް ކުރެވުމުން އެކަމުގެ ތަޢްރީފްވެސް ލިބިގަންނަ ފަދައިންނެވެ.
ތިމާއަށް ކުރެވުނު ކަމަކާއި ގުޅިގެން އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވާ މީހަކަށް ނުވާށެވެ! ކުރެވޭ ކުށްތަކުން ޢިބްރަތް ޛޙާޞިލުކޮށް މުސްތަޤްބަލުގެ ކަންކަން ރަނގަޅަށް ކުރަން މަސައްކަތްކުރާށެވެ! އެމަސައްކަތުގެ ސަބަބުން ރަނގަޅު ގޮތްތައް މެދުވެރިވުމަށް ފުރުޞަތު ލިބި ޙަޔާތަށް ކުރިއެރުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ނަޞޭޙަތެއް