ޔަޤީންކުރާށެވެ! ހަމައެކަކަށްވެސް ދެރަގޮތެއް ﷲ ތަޢަލާ މިންވަރު ނުކުރައްވަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޔަޤީންކުރާށެވެ! ހަމައެކަކަށްވެސް ދެރަގޮތެއް ﷲ ތަޢަލާ މިންވަރު ނުކުރައްވަވާނެތެވެ!: މުފްތީ މެންކް

ކަމެއް ދިމާވާއިރަށް "މިއީ ﷲ ތަޢާލާ ތިމާއަށް މިންވަރުކުރެއްވެވި ދެރަގޮތެއް" ކަމަށް ޤަބޫލުކުރެވި މާޔޫސްވާ މީހުން ތިބެއެވެ. މިއީ ހަމަ ސީދާ ޝައިޠޯނާގެ ކިބައިން ކުރިމަތިވާ ވަރަށް ނުބައި ވިސްނުމެކެވެ. ޙަޤީޤަތް މިހާމަކުރަނީއެވެ. 

"ދިރިއުޅުމަށް ބަދަލެއް އަންނައިރަށް ނުވަތަ ކުރަން ބޭނުންވާ ކަމެއް ޙާޞިލު ނުވާއިރަށް ތިމާއަށް އެކަން ޙާޞިލު ނުކުރެވުނީ ކަމަށް ޤަބޫލުކުރަން އަވަސްވެނުގަންނާށެވެ! އެއީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ! ވީމާ އެކަމަކީ ޙާޞިލު ނުކުރެވޭނެ ކަމެއް ކަމަށް ވެސް ނުނިންމާށެވެ! ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޙާލަތު ޤަބޫލުކޮށް ބަލައިގަންނާށެވެ! 

ތިބާހުރީ ﷲ ތައާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށްގެން ނަމަ ތިބާއަށް ކުރިމަތި ނުލެވޭނެ އެއްވެސް ކަމެއް ތިބާއަށް ކުރިމައްޗެއް ނުވާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ! ﷲ ތައާލާ މިންވަރުކުރައްވަވާ ކޮންމެ ޙާލަތެއް ޝުކުރުވެރިކަމާއިއެކު ބަލައިގަންނާށެވެ! 

އެއިރުން ގިރާ ނުކުރެވޭނެ ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ! މާޔޫސްވެ ގޮތް ހުސްވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އެންމެ މުހިންމު ކަމަކީ ތިމާއަށް ދެރަ ގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ހުރުމެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ އިފަލުގައެވެ. އިން ޝާ ﷲ" 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން