މަލާއިކަތްބޭކަލުން- 16: މީކާއީލް ޢަލައިހިއްސަލާމް

ކިޔުމަށް ހޭދަވާނީ 2މ 12ސ
މަލާއިކަތްބޭކަލުން- 16: މީކާއީލް ޢަލައިހިއްސަލާމް

ޢަލީ އިޙްޞާން ފިރާޤް

 

ميكائيل عليه السّلام 

ميكائيل عليه السّلام އަކީ ކީރިތި ޤުރްއާނުގައި އެބޭކަލެއްގެ ނަންފުޅު ކަނޑައެޅިގެން ބަޔާން ކުރައްވައިފައުވާ މަލާއިކަތްބޭކަލެކެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރައްވައިފައިވަނީ އެއްފަހަރުގައެވެ. ބަޤަރާ ސޫރަތުގެ 98 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ ﴿٩٨﴾‏ 

اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. 

މިދެންނެވި އާޔަތް ތަފްސީރު ކުރައްވަމުން އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.  ޔަހޫދީން ދައުވާކުރާ ގޮތުގައި ޖިބްރީލުގެފާނަކީ އެބައިމީހުންގެ ޢަދުއްވެކެވެ. ދުޝްމިނެކެވެ. އެބައިމީހުންގެ އެކުވެރިއަކީ މީކާއިލުގެފާނެވެ. މީކާއީލުގެފާނު ބައެއް ފަހަރު ނަބީބޭކަލުންގެ އަރިހަށް ވަޑައިގަންނަވައެވެ. ނަމަވެސް ޖިބްރީލުގެފާނު ވަޑައިގަންނަވާ ވަރަކަށް ވަޑައެއް ނުގަންނަވައެވެ. އެހެނީ ނަބިއްޔުންގެ އަރިހަށް ވަޑައިގެން ވަޙީ ބަސްފުޅުތައް އިއްވުމަކީ ޖިބްރީލުގެފާނުގެ މަސްޢޫލިއްޔަތެކެވެ. މީކާއީލުގެފާނު މަސްޢޫލިއްޔަތަކީ ޤިޔާމަތްދުވަހަ ތާޅަފިލި ފުމެލެއްވުމެވެ.

{އިބްނު ކަޘީރު، ތަފްސީރު އިބްނުކަޘީރު، އިނގިރޭސި އެޑިޝަން، ފުރަތަމަ ޖިލްދު، ޞަފްޙާ 308}

 

 

 

 

މިއަދު އޮންލައިން