ޚިޔާލުތަފާތުވި ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޚިޔާލުތަފާތުވި ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް!

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ 

އިޙްތިރާމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިފައެކެވެ. ޚިޔާލު ތަފާތުވި ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ. މިކަން ޤުރްއާނާއި ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. 

ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ: "އަދި ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ފަރާތްތަކަށް ހަޑިހުތުރު ބަސް ނުބުނާށެވެ! އެއީ އެބައިމީހުން ޖާހިލުކަމުން ﷲ އަށް ހަޑިހުތުރު ބަސް ބުނެފާނެތީއެވެ." (ސޫރަތުލް އަންޢާމް: 108) މި އާޔަތުން އެނގެނީ އަހަރެމެންގެ ޚިޔާލާ ތަފާތު ޚިޔާލުތައް ގެންގުޅޭ މީހުންނަށްވެސް އިޙްތިރާމް ކުރަންޖެހޭނެކަމެވެ. 

ހަމައެހެންމެ، ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހުންނަކީ އަޚްލާޤު ރިވެތިވެގެންވާ މީހުންނެވެ." (ބުޚާރީ އަދި މުސްލިމް) މި ޙަދީޘުން ދޭހަވަނީ އިޙްތިރާމަކީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެއްކަމެވެ. 

އެހެންކަމުން، އަހަރެމެންގެ މެދުގައި ޚިޔާލު ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދީފައިވާ ކަމެކެވެ. މިއީ މުޖުތަމަޢުގެ އެކުވެރިކަމާއި ސުލްޙަވެރިކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. އަހަރެމެން އެންމެން މިކަމަށް ސަމާލުކަން ދީ، އިސްލާމްދީނުގެ މި މާތް އުސޫލު ދިރުވައި އާލާކުރަން މަސައްކަތް ކުރަންޖެހެއެވެ. 

وَاللهُ أَعْلَمُ بِالصَّوَابِ

މިއަދު އޮންލައިން