ލޯބިވެރިޔާ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން ޔަޤީންކުރަން އެންމެ ފަސޭހަވާނެ ޙާލަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ލޯބިވެރިޔާ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން ޔަޤީންކުރަން އެންމެ ފަސޭހަވާނެ ޙާލަތު!

މިއަދު ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލޯތްބަކީ ކޮބައިކަން އޮޅުމެވެ. ނުއެނގުމެވެ. އެހެންވެ ފުރަތަމަ ކަމަކަށް އަހުރެންގެ މިސުވާލަށް ނިކަން ޖަވާބުދީބަލާށެވެ! 

ތިބާ ލޯބިވާ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ނުވަތަ ދެރައެއް ލިބިދާނެ ކަމެއް ކުރަން ތިބާ އޭނާގެ ގާތުގައި ބުނާނަން ހެއްޔެވެ؟ ދަރިއަކަށް ދެރައެއް ލިބިދާނެ ކަމެއްކުރަން ދަރިއެއްގެ ގާތުގައި ބުނާނަން ހެއްޔެވެ؟ އެކަން ނުކުރާނެކަން ޔަޤީނެވެ. 

ވީމާ ތިބާއަށް އެއްވެސް ދެރައެއް ލިބޭނެ ކަމެއް ކުރަން މީހަކު ބުނެފިނަމަ އެމީހަކީ ތިބާދެކެ ލޯބިވާ މީހަކު ކަމަށް ޤަބޫލުކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޤަބޫލުކޮށްފިނަމަ ތިބާވާނީ ބޮޑު މޮޔައަކަށް ނޫންހެއްޔެވެ؟ 

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. އެއްވެސް ފާފައެއް ކުރަން ތިބާ ގާތު ލޯބިވެރިޔާ ބުނެފިނަމަ އެއީ ތިބާ ދެކެ ލޯބިވާ މީހަކު ކަމަށް ޤަބޫލުނުކުރާށެވެ! މީހަކަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ މީހަކު ލައްވައި ފާފަކުރުވުމެވެ. އެއިރުން ކޮއްޕައި އެގެންދެވެނީ ނަރަކައަށް ކަމަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިވާހަކަ މިބުނަނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ތިބާއަކީ  އަންހެނެއްކަމަށްވީނަމަވެސް އަދި ފިރިހެނަކުކަމަށްވީނަމަވެސް ތިބާ ލައްވައި އެއްވެސް ވަރެއްގެ ﷲާފައެއް ކުރުވަން އުޅޭނަމަ އެއީ ތިބާ ދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހެއް ނޫނެވެ. އެއީ ތިބާގެ ޢަދުއްވެކެވެ. ތިބާ ނަރަކައަށް ވައްދުވަން ބޭނުންވާ މީހެކެވެ. އެމީހަކާއި އަވަހަށް ގުޅުން ކަނޑައިލާށެވެ! އަވަހަށް އެމީހަކާއި ދުރުހެލިވާށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން