މަރުވުމާމެދު އިސްލާމްދީނުގައިވާ ބައެއް ކަންކަން ސައިންސްވެރިން ޤަބޫލުކުރަން ފަށައިފި! އޮތީ ބިރުވެތިކަން އިތުރުކޮށް މަރުވުމަށް ތައްޔާރަށް ހުންނަން ކުރާ މަސައްކަތް އިތުރުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މަރުވުމާމެދު އިސްލާމްދީނުގައިވާ ބައެއް ކަންކަން ސައިންސްވެރިން ޤަބޫލުކުރަން ފަށައިފި! އޮތީ ބިރުވެތިކަން އިތުރުކޮށް މަރުވުމަށް ތައްޔާރަށް ހުންނަން ކުރާ މަސައްކަތް އިތުރުކުރުން!

ސައިންސްވެރިން ހޯދި މައުލޫމާތުގެ ޢަލީގައި އެމީހުން އެބުނަނީ އިންސާނާ މަރުވުމަށްފަހު އެމީހަކާއި އެންމެފަހުން ވަކިވެގެންދާ ޙިއްޞަކީ އަޑުއިވުން ކަމަށެވެ. އެމީހުންނަށް އެކަން ހޯދިފައި އެވަނީ އެތައް އަހަރެއްވަންދެން ކުރި މަސައްކަތުންނެވެ.  

މިކަން ދޭހަވާ ގޮތަށް އަހުރެމެންގެ ދީނުން (އިސްލާމް ދީނުން) އެނގެން އެބައޮތެވެ. މައްޔިތާ ވަޅުލާފައިދާ މީހުންގެ ފިޔަވަޅުގެ އަޑު މައްޔިތާއަށް އިވޭނެ ކަމަށް އޮތުމުންނެވެ. ވީމާ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވަނީ މީގެ 1450 އަހަރުކުރިން އެކަން ބަޔާންކޮށްދެއްވަވައިފައެވެ.  

Narrated Anas:

The Prophet () said, "When a human being is laid in his grave and his companions return and he even hears their foot steps,---

Sahih Bukhari: 1338  

ވީމާ މިއީ މުސްލިމުންނަށް އައު ވާހަކައެއް ނޫނެވެ.  ސައިންސް ކުރިއަރައިދަނީ ﷲ ތަޢާލާ އިންސާނުންނަށް ޢިލްމް ދެއްވަވާ ވަރަކަށެވެ. ވީމާ ކުރިއަރައިދާވަރަކަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދާނީ އިތުރަށް ފެންނަމުންނެވެ. ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގެ ތެދުކަން ދާނީ ޘާބިތުވަމުންނެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. ވަރަށް ގަދަވޭނުގައި އުޅޭ މީހުން މަރުވާ ވަޤުތު އަޅާވޭން ކުޑަކުރުވަން މޯފައިން އާއި މިނޫންވެސް ތަފާތު އިންޖެކްޝަންތައްވެސް ޖަހައެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް މައިތިރިކަމެއް އަތުވެދާނެއެވެ. ނަމަވެސް ފުރާނަ ހިއްޕަވާ ވަޤުތު އަޅާ ވޭން ކުޑައެއް ނުކުރެވޭނެއެވެ. އެއީ އެއްވެސް އިންޖެކްޝަނަކުން ކުޑަކުރެވޭނެ ކަމެއް ނޫނެވެ.  

ހަމަހޭ ނެތި މަރުވާ މީހުންނަށްވެސް މަރުމަތީގައި އަޅާވޭން އަޅާނެއެވެ. ކާފިރުންނަށް އަޅާވޭން ބޮޑުވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިކަންކަމަކީ ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ.   

އަދިކީއްހެއްޔެވެ؟ ކޮންމެ މީހެއްގެ ފުރާނަ ހިއްޕަވާ ވަޤުތު އެމީހަކާއި މަލާއިކަތުންނާއި ދެމެދުގައި މުޢާމަލާތުތަކެއް ކުރެވޭނެއެވެ. އެއަޑު އިވޭނީ މަރުވާ މީހާއަށް އެކަންޏެވެ. ކިތަންމެ ގާތުގައި ތިބިނަމަވެސް އެހެން މީހަކަށް ނުއިވޭނެއެވެ.  

ބިރުވެތިވާންވީ މިފަދަ ކަންކަމަށެވެ. މަރަށް ނުވަތަ މަރުވުމަށް ތައްޔާރުވާން ގަދައަޅައި މަސައްކަތްކުރަންވީވެސް ހަމަ އެސަބަބަށްޓަކައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން