ދެއަތުގެ އިނގިލިތައް ބޭނުންކޮށްގެން ޒިކުރު ކުރެވިދާނެތޯ؟ ސުންނަތުން ސާބިތުވާ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
އާދެ، ސުންނަތުން އޭގަ ސާބިތުވެގެންވާގޮތަކީ އޭގަ ކަނައަތު އިނގިލިތައް ބޭނުންކުރުން ޒިކުރު ކުރުމަށްޓަކައި ގުނުމަށް. ކަނައަތުގެ، އެއީ އެކަލޭގެފާނު އަރިހުން ސާބިތުވަނީ އެގޮތަށް، ކަނައަތު އިނގިލިތައް ބޭނުންކުރުން. ދެން މިސާލަކަށް ދެއަތުން ބޭނުންކުރުން މަނާވެގެން ވާނެތޯ؟ މަނަލެއް ނޫން، އެހެންނަމަވެސް ކަނައަތް އިސްކުރަން ޖެހޭނެ ހުރިހާ ރިވެތިކަމަކަށް. ހުރިހާ ރިވެތި ކަމަކަށް އިސްކުރަންޖެހޭނީ ކަނައަތް. އެއީ ޒިކުރު ކުރުމަކީ އެއީ ރިވެތިކަމެއް.
އެހެންވީމާ އެއީ ރިވެތި ކަމަކަށް ވީމާ ވާއަތް ބާއްވަންޖެހޭނީ. ވާއަތް ބާއްވާފަ ކަނައަތުން އެކަން ކުރަންޖެހޭނީ. ކަނައަތުން އެކަން ކުރަން އުޒުރުވެރިވާ ކަމުގައި ވަންޏާ ވާއަތް ބޭނުންކުރުމަކުން ނެތް މައްސަލައެއް. އެހެންމަ ކަނައަތުން އެކަންކުރުން އެއީ މޮޅު އިތުރު ވެގެންވާ ގޮތަކީ އަދި ސުންނަތް ވެގެންވާގޮތަކީވެސް ކަނައަތުގެ އިނގިލިތައް ޒިކުރުކުރުމަށްޓަކާ ބެނުންކުރުން ޢަދަދުކުރުމަށް.
ޒިކުރު ތަސްބީޙަ ކިޔާއިރު ތަސްބީޙަފަތި މި ގެންގުޅޭ ނުވަތަ ގާކޮޅު، އޭގެން އެއްވެސް އެއްޗެއްގަ އެއްވެސް މައްސަލައެއް އޮންނާނެތޯ، ނުވަތަ ފިތާ މި ޓައިމަރުގޮތަށް މި ހުންނަ، މި ގަޑިގޮތަށް ހުންނަ އެއްޗެހި، އެ ކިހިނެއްތޯ؟
މައްސަލައެއް ނޫން އެއީކީ، ދެން ޒަމާން ބަދަލުވެގެން އަންނަވަރަކަށް އެތަރައްޤީ އެއީ، އެ ވަސީލަތްތައް އެ ހުންނަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފަ ހުރި ކުރިއެރުންތައް އެ ހުންނަނީ. އޭގަ ބޭނުންކުރުމަކުން ނެތް މައްސަލައެއް. ރަނގަޅުގޮތުގައި ތަސްބީޙާފަތި ބޭނުންކުރުމަކުންވެސް ނެތް މައްސަލައެއް ޒިކުރު ކުރުމަށްޓަކާ.
އެހެންނަމަވެސް މީގަ މައްސަލަ ޢިލްމުވެރިން ނަންގަވަނީ ބައެއް މީހުން އެއަށް މާ ބޮޑަށް ބަރޯސާވާތީވެ، ބައެއް މީހުން ބުނާ ގޮތުގައި އޭތި އަތުގަ އޮންނައިރުއޭ ﷲ މަތިން ހަނދާންވަނީ ޒިކުރު ކުރަން. އެ އަތުގަ ނޯއްނައިރަކު ހަނދާނެއް ނުވެއޭ. އެދަރަޖައަށް ދިޔާމަ މައްސަލައެއް އެއީ. އޭރުން ތަސްބީޙަފައްޗަށް އިތުރު ދަރަޖައެއް އެބަދެވޭ އަޅުގަނޑުމެންނަށް. އާދެ، އެހެންވީމަ އެއީ މައްސަލައެއް.
މިހާރު ބައެއް އަޞްޙާބު ބޭކަނބަލުން އެބަހުރި ގާ، ހިލަކޮޅުކޮޅު ބޭނުންކުރައްވާފަ ގުނަން، ޒިކުރު ގުނަން ހިލަކޮޅުކޮޅު ބޭނުންކުރައްވާފަ، ﷲ ގެ ނަބިއްޔާ އެކަމަކަށް އިންކާރު ކުރައްވާފައެއް ނެތް. އެހެންވީމަ އޭގެން ދަލީލު އެނެގެނީ ތަޞްބީޙަފަތި ބޭނުންކުރެވިދާނެ ކަމަށް އެކަމަށްޓަކައި. އެކަމަކު އެ އަޤީދާ ބެހެއްޓުން އެއީ މައްސަލައެއް. އެއީ ﷲ ގެ މަތިން ޒިކުރު ކުރަން މި ހަނދާން ވަނީ ތަޞްބީޙަފަތި އަތުގަ އޮތިއްޔާއޭ. އެހެންވެގެން ބައެއް މީހުން އަބަދު ގެންގުޅޭ އަތުގަ ތަޞްބީޙަފަތި. އެހެންމަ އެ ތަޞްބީޙަފަތި އޮންނައިރު ތިމަންނަމެން ޒިކުރުކުރަން ހަނދާންވޭ، ތަޞްބީހާފަތި ނެތިއްޔާ ހަނދާނެއް ނުވެއޭ. އެހެންމަ އެދަރަޖައަށް ގޮއްސިއްޔާ އެއީ މައްސަލައެއް. އޭރުން ތަޞްބީޙަފައްޗަށް އެއިލްތިމާދު ކުރެވެނީ ޒިކުރުކުރުން. އެހެން ނޫނިއްޔާ މައްސަލައެއް ނެތް ތަޞްބީޙަފަތި ބޭނުންކުރުންވެސް، އަދި ނަންބަރު އަރާ ޑިވައިސްތައް ބޭނުންކުރުން ވެސް އެއީ މައްސަލައެއް ނޫން.
- ޝައިޚް މުޙައްމަދު އިބްރާހީމް