މުސްލިމުންނަކީ ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މުސްލިމުންނަކީ ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް

މުސްލިމުން އަޅުކަންކުރަންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށެވެ. އާޚިރަތް ކާމިޔާބު ކުރެވޭ މީހަކަށް ވުމަށެވެ. ވީމާ އަހަރެމެން މުސްލިމުންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ އެވެ. 

އަޅުކަންކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއާއި އާޚިރަތުގައި ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށާއި ﷲ ތަޢާލާގެ ރަހްމަތަށް އެދިއެވެ. ތަޤްވާވެރިކަން އިތުރުކުރުން އެދިއެދިގެންނެވެ. 

ވީމާ އަޅުކަން ކުރަންވީ ދުނިޔެއިން ތިމާ އެދޭކަންކަން ވީހައި އަވަހަކަށް ޙާޞިލުވުމުގެ ބޭނުމަކު ނޫނެވެ. އަޅުކަން ކުރުމުގެ ބޭނުން އެއަށްވުރެ މާމަތިވެރިއެވެ. އަޅުކަންކުރުމުގެ ބޭނުން މުޅިން ތަފާތެވެ. އަޅުކަންކުރުމުގެ ބޭނުމަކަށް ހަދަން ޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ވަރުގަދަކޮށް އެ ގުޅުން އިތުރުކޮށް ބަދަހިކުރުމެވެ.  

ހަމައެއާއިއެކު އަޅުކަންކުރަންވީ ވެސް ކުރާ އަޅުކަން އިތުރުކުރަންވީވެސް ދުނިޔަވީ ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އެއީ އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމެކެވެ. ވީމާ އަޅުކަން ކުރުމަކީ ކޮންމެ ދުވަހަކުވެސް، ވީހައި ގިނައިން ކުރަމުން ގެންދާ ކަމަކަށް ހަދާށެވެ!  

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން