މުސްކުޅިވާ ފަހުން ނަމަވެސް ޤުރްއާން އުނގެނެން މަސައްކަތްކުރާނަމަ އެކަމަށް މަގުފަހިކޮށް ދެއްވަވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުސްކުޅިވާ ފަހުން ނަމަވެސް ޤުރްއާން އުނގެނެން މަސައްކަތްކުރާނަމަ އެކަމަށް މަގުފަހިކޮށް ދެއްވަވާނެކަން ޤުރްއާނުން-

ކޮންމެ ޢުމުރެއްގައި ނަމަވެސް ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކޮށްފިނަމަ އެމީހަކަށް އެކަމަށް ފަހިކޮށްދެއްވަވާނެ ވާހަކަ ކުރީ ރޭގެ ދަރުސްގައިވެސް ދެއްކީމެވެ. މިރޭ މިކިޔައިދެނީ އެކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވަވާފައިވާ ބަސްފުޅުގެ މާނައެވެ.  

އަލް ޤަމަރު ސޫރަތުގެ 17 ވަނަ އާޔަތް ބައްލަވާށެވެ!  

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟" (އަލް ޤަމަރު: 17) 

ހިތުދަސްކުރަން އެންމެ ފަސޭހަ ފޮތަކީ ޤުރްއާންކަން ދުނިޔެ ވެސް ޤަބޫލުކުރެއެވެ. އެއީ

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވެވީމެވެ..." އޮތް ވަޙީ ބަސްފުޅުގެ ތެދުކަމެވެ. ޤުރްއާނުން ހިތްފުރާލަން މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ 

އަދި ކީއްހެއްޔެވެ؟ މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ޤުރްއާން އުނގެނެން މަސައްކަތްކުރާ މީހަކަށް އެކަން ލުއިފަސޭހަކޮށްދެއްވަވާނެތެވެ. އަދި ޤުރްއާނަށް ޢަމަލުކުރަން ބޭނުންވާ މީހާއަށް އެކަމަށްވެސް މަގުފަހިކޮށްދެއްވަވާނެތެވެ!  

ވީމާ ޢުމުރުން ދުވަސްވުމަކީ ޤުރްއާން އުނގެނެން އޮތް ހުރަހެއް ކަމަށް ނުދެކޭށެވެ! ހިތްވަރާއިއެކު މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ! އިން ޝާ ﷲ  

އިތުރަށް މިރޭ ބުނެލަން ބޭނުންވާ އަނެއްވާހަކައަކީ މިއާޔަތުގައި އެގޮތަށް އޮތުމުން ޤުރްއާން އުނގެނުމަކީ މުސްކުޅިވުމުން ކުރަން ބާއްވާ ކަމަކަށް ނުހަދާށެވެ. އެދުވަސް އައުމުގެ ކުރިން ދުނިޔެއާއި ވަކިވާންޖެހިއްޖެނަމަ ޤުރްއާން އުނގެނެން ކަތްނެތްވެ ދަސްނުކުރި މީހުންގެ ތެރެއިންނެވެ. އެއުރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން