ޤިޔާމަތްދުވަހު އެންމެ އުފާކުރާނެ މީހަކަށް ވެވެން އޮތް ފަސޭހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޤިޔާމަތްދުވަހު އެންމެ އުފާކުރާނެ މީހަކަށް ވެވެން އޮތް ފަސޭހަ މަގެއް!

ކޮންމެ މީހަކަށްވެސް އެންމެ ގިނައިން އެންމެ ފަރުވާތެރިކަމާއިއެކު ކުރެވޭނީ އެމީހެއްގެ ހިތުގައި އެންމެ ބޮޑަށް ހުންނަ ކަންކަމެވެ. ނުވަތަ ކުރަން އެންމެ ބޮޑަށް ޝައުޤުވެރިވެވޭ ކަންކަމެވެ.

އަހަރެމެން ކޮންމެ މީހެއްގެ އާންމު ދިރިއުޅުމަށް ބަލައިލާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކޮންމެ މީހަކަށްވެސް ހުސްވަގުތުތަކެއް ލިބޭނެއެވެ. މިސާލަކަށް މަސައްކަތުގައި އުޅޭއިރުވެސް ހުސްވަގުތު ލިބޭނެއެވެ. މައްސަލަ އުފެދިގެން މިއުޅެނީ އެވަގުތުގެ ބޭނުން ހިފަމުން އަންނަ ގޮތާއިމެދުގައެވެ.

މިސާލަކަށް ކިތަންމެ ކުޑަކުޑަ ހުސްވަގުތުކޮޅެއް ލިބުނު ނަމަވެސް އަދި މަސައްކަތުގައި އުޅެމުންވެސް މިއިން ކަލިމައެއް ކިޔައިލުމަކީ އެހާބުރަކަމަކަށްވާންވީ ކީއްވެގެން ހެއްޔެވެ. އެކަމަށް ނިޔަތް އޮތްނަމަ މިނިޓެއްގެ ތެރޭގަ 20 ފަހަރު ނުހަނުފަސޭހަކަމާއިއެކު ކިޔައިލެވޭނެއެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ 4 ކަލިމައަކީ

1۔ سبحان الله 2. الحمد لله 3. لا إله إلا الله 4. الله أكبر

ކިތަންމެ ކުޑަކުޑަ ހުސްވަގުތުކޮޅެއް ލިބުނަސް މިފަދަ ކަލިމަތައް ކިޔުން ގިނަކުރާށެވެ! އެއިރުން އެކަމަށް މީހާ ހޭނިގެންދާނެއެވެ. މަސައްކަތުގައި އުޅޭއިރުވެސް ބަދިގެތެރޭގައި މަސައްކަތް ކުރަމުންވެސް މިފަދަ ކަލިމަތައް ކިޔެވިދާނެއެވެ. އެގޮތަށް ގިނައިން ކިޔަވަން ފެށީމާ އޮޓޮމެޓިކުން ކުރަންފެށޭ ކަމަކަށްވެސް ބަދަލުވެގެންދާނެއެވެ. މާނައަކީ ކިޔަވަން ތިމާގެ ގާތުގައި ތިމާގެ ހިތް ބުނަން ފަށާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން