ރޭއަޅުކަމާ ފަތިސްނަމާދުނުކުރާ މީހުންގެ ބޭނުންތައް ނުފުދިގެން ކަންބޮޑުވުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން! މިކަންކަމަށް ވިސްނައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ރޭއަޅުކަމާ ފަތިސްނަމާދުނުކުރާ މީހުންގެ ބޭނުންތައް ނުފުދިގެން ކަންބޮޑުވުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން! މިކަންކަމަށް ވިސްނައިލާ!

ފަރުޟު ނަމާދުކުރާ މީހުންގެ ތެރެއިންވެސް ފަތިސްނަމާދުގެ ވަޤުތުގައި ޚާއްޞަކޮށް ޖަމާއަތުގައި ފަތިސްނަމާދުކުރަނީ ހާދަ މަދުބައެކެވެ. އަދި ރޭއަޅުކަމުގެ އެންމެ 2 ރަކްޢަތްނަމަވެސް ކުރަނީ އަދި މާމަދު ބައެކެވެ.

އެހެންކަމާއިއެކުވެސް ކޮންމެ މީހަކުވެސް މިބުނަނީ ސުވަރުގެ ލިބެން ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގައިވެސް އަތްމަތި ތަނަވަސްވެ ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށެވެ.

މިކަންކަން ވަށައި ޖެއްސޭނެ ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ. ސަބަބުވެސް މިކިޔައިދެނީއެވެ. އުޑުތަކާއި ބިމާއި ކަނޑުތަކާއި ފަލަކާއި މިހެންގޮސް ހުރިހާ ތަނެއްގެ މިލްކުވެރިކަމާއި އިންސާނުންނަށް ބޭނުން ވާ ރިޒުޤާއި އެހެންވެސް ކަންކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. އެންމެހައި މަތިވެރިވަންތަކަން ޚާއްބަވެގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއަށެވެ.

އެފަދަ މަތިވެރިވަންތަކަމާއި ހުރިހާ ކަންކަމުގެ އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ކޮންމެ ރެއަކު ކުއްތަންވެ ވޮޑިގެން އެކަލާނގެ ޙަޟްރަތުން ކަންކަމަށް އެދެނީ ކޮންބައަކުތޯ އާއި ބޭނުންވާ ކަންކަމަކީ ކޮބައިތޯ ދުނިޔޭގައި ތިބި އެންމެންނާއި އެބަ ސުވާލުކުރައްވަވަތެވެ. އެއީ އެއްވެސް ޙާލެއްގައި އެންމެން ބޭނުންވާ ހުރިހާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. މީސްތަކުން ނިދީން ހޭލައި އެމީހަކު ބޭނުންވާ ކަންކަމުގެ ވާހަކަ ދެންނެވުމަށް ފުރުޞަތު ދެއްވަވަނީއެވެ.

އެފަދަ މަތިވެރި ފުރުޞަތެއް ދެއްވެވުމުން އެކަމުގެ ބޭނުން ނުހިފައި، އަދި ފަތިސްނަމާދުވެސް ނުކޮށް ނިދަން ތިބެފައި ދުވާލުވުމުން ތެދުވެ ތިމާގެ މިވެނި އެވެނި ބޭނުންތައް ނުފުދިގެން ކަންބޮޑުވުމަކީ ކޮންގޮތަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! މިކަންކަމަސް ވިސްނާށެވެ! ރޭއަޅުަކމުގެ އެންމެ 2 ރަކްޢަތް ނަމަވެސް ކުރަން މަސައްކަތްކުރާށެވެ! ފަތިސްނަމާދުކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެމީހަކަށް ދުނިޔޭގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ނަޞްރު ދެއްވަވާނެތެވެ. އުﷲާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ޙާލަތުހުރިގޮތަކީ ދަންވަރު 2 ޖަހާއިރު އެފްރިކާގައި މެޗެއް ކުޅުނު ނަމަވެސް އެމެޗް ނުބަލައި ލޮލަލަކަށް ނިންޖެއް ނުއަންނާނެއެވެ. އަދި އަނެއް މެޗް ފަތިހު 5 ޖަހާއިރު ކުޅުނަސް އެމެޗްވެސް ބަލާނެއެވެ. ދެމެޗް ދެމެދުގައި އެސްފިޔަ ޖެހިދާނެތީ ކައިރި ނުވެވޭނެ ގޮތަށް ތަންޑު ވިއްދައި ދުރުކުރުވަން ބޮޑެތި ހޭދަތައްކޮށް ކާބޯތަކެތިން އިސްރާފުވެސް ކުރާނެއެވެ.

ފުޓްބޯޅައިގެ ވާހަކަ މިބުނެލީ މިސާލެއްގެ ގޮތުންނެވެ. ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ. އެމީހަކު ޝައުޤުވެރިވާ ކޮންމެ ކުޅިވަރެއް ނަމަވެސް އަދި ކޮންމެ ކަމެއްގައިވެސް ކަންކަން ހިނގަމުން އަންނަނީ ހަމަމިފަދަ ގޮތަކަށެވެ.

ތިބާ ތިއަބުނަނީ ތިބާއަކީ މުސްލިމެއް ކަމަށެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ބޭނުންވާ އަޅަކު ކަމަށެވެ. އެހެންކަމަށްވާއިރު އެގަޑީގައި ކޮންމެ ރެއަކު މުސްލިމުން ކުޅެން ތާވަލުކުރެވިފައިވާ 2 "މެޗް" ކުޅެންހެއްޔެވެ؟

"މެޗް" ކޮމާކޯޅިއެއްގެ ތެރޭގައި ދައްކާލަމުން މިބުނީ ވާހަކަ މިގެނެވެނު ގޮތުން ތިއަބައިމީހުންގެ ސަމާލުކަން ހޯދުމަށްޓަކައެވެ. މިދައްކަނީ ދަންވަރު 2 ޖެހުމުން ކުރަން ޖެހޭ ދަމުނަމާދާއި ފަތިސްވުމުން ކުރަންޖެހޭ ފަތިސްނަމާދުގެ ވާހަކައެވެ. ކޮންމެ ނަމާދަކީވެސް ކުރަންޖެހޭނެ ނަމާދެކެވެ. އެހެންކަމާއިއެކުވެސް މި 2 ނަމާދަކީ ޙަޤީޤަތުގައި އިންސާނާއަށް އެންމެ މުހިންމުކަންބޮޑު 2 ނަމާދެވެ.

މިހެން މިބުނަނީ ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދެވެ. ފަތިސްނަމާދަކީ ރިޒުޤާއި ސަލާމަތާއި ރައްކައުތެރިކަމާއި ގުޅިފައިވާ ނަމާދެވެ. އެވާހަކަތައް އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ.

 

ﷲ ތަޢާލާގެ ޝެޑިޔުލަށް ޙުރުމަތްތެރިކޮށް ނުހިތައި އެކަލާނގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުންތޯ ފުރަތަމަވެސް ސުވާލުކުރީ ހަމަ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ މިއަދު ދުޢާކުރާ ގިން މީހުންނަކީ މިބުނި ކަންކަމަށް ވިސްނާ ބައެއް ނޫނެވެ. އުޅޭނެހައި ގޮތަކަށް އުޅެމުން ކުރާނެހައި ކަމެއް ކުރަމުން ދުޢާކޮށްފައިވެސް އުންމީދުކުރަނީ ވަޤުތުން އެކަމެއް ޙާޞީލުކުރެވުމަށެވެ. ކިހައި ދެރަހެއްޔެވެ؟ މީހެއްގެ ގާތުން ކަމަކަށް އެދުނަސް ހަމައަކާއި އުޞޫލެއް ގެންގުޅެންޖެހޭއިރު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދުމުގައިވެސް ހަމަތަކަކާއި އުޞޫލުތަކެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އެވަރަށް ވިސްނައިލާ މީހާއަށް ވެސް މި ދެއްކި ވާހަކަތަކުން ޢިބްރަތެއް ލިބިގެންދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން