ދުވަސްތަކާ ރޭތައް ހަމައެކަނި އަޅުކަންކުރުމުގަ ހޭދަކުރަން ބޭނުންވާ މީހުންނަށް ބުރައަކަށް ނުވެ އެކަން ކުރެވޭނެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދުވަސްތަކާ ރޭތައް ހަމައެކަނި އަޅުކަންކުރުމުގަ ހޭދަކުރަން ބޭނުންވާ މީހުންނަށް ބުރައަކަށް ނުވެ އެކަން ކުރެވޭނެ ފަސޭހަ މަގު-

އަހަރެމެންގެ ޙަޔާތް ކާމިޔާބު ކުރެވޭނީ އެކަމެއް ކުރުމުން ޘަވާބު ނުލިބޭނެ ހަމަ އެއްވެސް ޢަމަލެއް ނުކުރުމަށް ގަދައަޅައި މަސައްކަތްކުރި މީހަކަށެވެ. މިބުނަނީ އެއީ ބުރަކަމަކަށް ހަދައިފިނަމަ ވަރަށް ބުރަކަމެއްގެ ވާހަކައެކެވެ. ނަމަވެސް އެއީ އެހައި ބުރަކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރަން ޢަޒުމް ކަނޑައަޅައިފި މީހަކަށް އެއީ އެއްވެސް ބުރަ ކަމެއް ނޫނެވެ.

މުޅި ދުވާލު ނަމާދުކޮށް ކީރިތި ޤްރުއާން ކިޔަވަން ނުވަތަ ޛިކުރުކުރަން އިނުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ އެކަން ކުރަން އޮތް ގޮތެއްވެސް ނޫނެވެ. އެހެނީ އަމިއްލަ ދިރިއުޅުން ދަމަހައްޓަން މަސައްކަތްކުރަންވެސް ޖެހެއެވެ. އެއީ ވެސް ހަމަ ސުންނަތުން ސާބިތުވާ އަޅުކަމެކެވެ.

ދުވާލު ހަތަރު ދަމު ޞަދަޤާތް ކުރާނެ ފައިސާ އެންމެންގެ އަތުގައި ނެތް ނަމަވެސް މުޅި ދުވާލާއި ރޭގަނޑު ޞަދަޤާތްކުރުމުގައިވެސް ހޭދަ ކުރެވިދާނެއެވެ. ބައްދަލުވާ އެންމެންނަށް ހިނިތުން ވެލައިފިނަމަ އެއޮތީ އެންމެންނަށް ޞަދަޤާތް ކުރެވިފައެވެ.

މިބުނެދެނީ މުޅި ދުވާލު އަޅުކަމުގައި ހޭދަކުރި ބައެއް މީހުން އަމަލުކުރި ގޮތެވެ.

އެކަކު ބުނީ ދިރިއުޅެން މަސައްކަތް ކުރުމާއި އަޅުކަން ކުރުމަށްފަހު އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަނީ އަނބި މީހާއަށް އެހީތެރިވުމުގައި ކަމަށެވެ. އަނބިމީހާ އަށް އަޅުކަން ކުރާނެ ވަގުތު ދީފައި ދަރިންވެސް ބަލައިދޭ ކަމަށެވެ. އަވަހަށް ކައްކައި ނިންމަންވެސް އެހީތެރިވާ ކަމަށެވެ. އެއްޗެތިވެސް ދޮވެދޭ ކަމަށެވެ. އަދި އަނބިމިހާ އާއިއެކު ވަގުތު ހޭދަކޮށް އޭނާއުފާކޮށްދޭން މަސައްކަތްކުރާކަމަށެވެ. މިހިރީ ހަމަ ހައްތާވެސް އަޅުކަމެވެ.

ދެވަނަ މީހަކު ބުނީ އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަނީ ރަޙިމުގެ ގުޅުން ބަދަހިކުރަން ކަމަށެވެ. ޢާއިލާގެ މީހުންނަށާއި މައިން ބަފައިންނަށް ޚިދުމަތްކުރުމުގައި ކަމަށެވެ. އަދި މިސްކިތަށްވެސް ޚިދުމަތްކުރާ ކަމަށެވެ. މިހިރީވެސް ހަމަ އަޅުކަމެވެ.

ތިންވަނަ މީހަކު ބުނީ ކުދިން ގޮވައިގެން ހަވީރު ބުރުޖަހަން ދާ ކަމަށެވެ. ނަމަވެސް އެ ބުރުގައި ދަނީ ޕާކުތަކަށް ނޫން ކަމަށާއި ދަނީ ފަޤީރުން ދިރިއުޅޭ ގެތަކަށް ކަމަށެވެ. އެމީހުންނަށް ޞަދަޤާތްކުރަން ކަމަށެވެ.

މި 3 މީހުން އެ ބުނާ ބަސްތައް އެއްކޮށްލާށެވެ! އެއިރުން ތިބާއަށް ކުރެވޭނެ ކަންތައްތަކެއް ފެންނާނެއެވެ. އެކަންކަން ކުރާށެވެ. އެއިރުން މުޅި ދުވާލު ހޭދަ ކުރެވޭނީ އަޅުކަމުގައެވެ.

ދެން އޮތީ ރޭގަނޑެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަންވީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނެތްނަމަ އަޅުކަމާއި ނިދުމުގައެވެ. އެގޮތުގައި އަމަލުކުރާ މީހަކަށް ރޭގަނޑުގެ ވަގުތުތައް ގިނަވެގެން އުޅޭކަށް ނުޖެހޭނެއެވެ. މުޅި ރޭގަނޑު ހޭދަކުރެވިފައި އޮންނާނީ އަޅުކަމުގައެވެ.

އެހެން މިބުނަނީ ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމުން މުޅިރޭ އަޅުކަންކުރިފަދަ ކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ.

1071. Uthman bin Affan (May Allah be pleased with him) reported: I heard the Messenger of Allah (PBUH) saying: "One who performs Isha' prayer in congregation, is as if he has performed Salat for half of the night. And one who performs the Fajr prayer in congregation, is as if he has performed Salat the whole night.''

[Muslim"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން