ހަނދުމަކޮށްދިނުމެއް!: ކުރަން ލުއި ފަސޭހަ، މީޒާނުގަ އިންތިހާއަށް ބުރަދަން ބޮޑު ޛިކުރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހަނދުމަކޮށްދިނުމެއް!: ކުރަން ލުއި ފަސޭހަ، މީޒާނުގަ އިންތިހާއަށް ބުރަދަން ބޮޑު ޛިކުރެއް!

މިހާރު ކޮންމެ މީހަކުވެސް މިއުޅެނީ ކުރަންހުންނަ މަސައްކަތްތައް ގިނަވެފައި މަސައްކަތްކުރަން ލިބޭ ވަގުތު މަދުވެގެންނެވެ. އެހެންވެ ހެޔޮ ޢަމަލުތައް ކުރާނެ ވަގުތު ނުވެގެންނެވެ. އެހެންކަމުން ގިނަ ބައަކު ބަލަނީ ވީހައި ކުޑަ ޢަމަލަކުން ވީހައި ގިނަ ޘަވާބު ލިބިގަނެވޭނެ ކަންކަން ކުރުމަށެވެ.

އެފަދަ މީހުންނަށް ހަދިޔާއެއްގެ ގޮތުން ޑރ. ޝަހީމްގެ މިބަސްފުޅުގެ ހަނދުމަ އައުކޮށްލަމުއެވެ.

ކިޔަން ފަސޭހަ، މީޒާނުގައި ބުރަ، ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެ ދެކަލިމަ ކިޔުން ގިނަކުރާށެވެ!

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ދުލަށް ވަރަށް ލުއި ދެ ކަލިމައެއް ވެއެވެ. (ދޫމައްޗަށް ވަރަށް ފަސޭހަ ދެ ކަލިފުޅެއް ވެއެވެ) ﷲ ގެ ހަޟްރަތުގައި މީޒާނުގައި ވަރަށް ބުރަ ދެ ކަލިމަފުޅެއް ވެއެވެ. ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ޙަޟްރަތުގައި އެދެކަލިމައިގެ ލޮބުވެތިކަން ބޮޑެވެ."

ވިސްނަވާށެވެ! ދޫމައްޗަށް ކިޔައިލަން ފަސޭހައެވެ. އެއިގެ މަތިވެރިކަން ބޮޑުކަމުން މީޒާނުގައި އެހައި ބުރައެވެ. ރަޙްމާންވަންތަ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވުމުގެ މާނައަކީ އެ ދެ ކަލި ދެކެ ﷲ ލޯބިފުޅުވެވޮޑިގެންވެއެވެ.

އެދެ ކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيم އެވެ.

މި ދެ ކަލިމަ ސަޖިދައިގަ އާއި ޛިކުރުކުރާއިރު އާއި އަދި ﷲ ހަނދުމަކުރަން އިންނަ އިނުމުގައި ކީދާނެއެވެ. އިޢްތިކާފަށް އިނދެގެންވެސް ކީދާނެއެވެ. މި ދެ ކަލިމަ ކިޔުންމަތީގައި ތިބުމުން ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. މީޒާނުގަ ސަވާބު އިތުރުވެގެންދާނެއެވެ. ކިޔުމަކީވެސް އެހައި ބުރަކަމެއް ނޫނެވެ.

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

މިއަދު އޮންލައިން