ކިތަންމެ ހޫނު ގަދަޔަސް ﷲ ތަޢާލާ އަންގަވާފައިވާ މިނުގައި އަޢުރަ ނިވާކޮށްގެން ތިބޭށެވެ!: ޝައިޚް އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކިތަންމެ ހޫނު ގަދަޔަސް ﷲ ތަޢާލާ އަންގަވާފައިވާ މިނުގައި އަޢުރަ ނިވާކޮށްގެން ތިބޭށެވެ!: ޝައިޚް އާދަމް ޝަމީމް

ފަރުދާގެ ޢާޔަތް ބާއްވާލެއްވުނީ މަދީނައިގައި، އަޅުގަނޑު މަދީނާގައި 5 އަހަރު ދުވަހު ދިރިއުޅުނިން. ﷲ ގަންދީ ބުނަން! ހޫނު މޫސުމް އައިމައި ހޫނު މޫސުމުގައި 48، 49، 50 ޑިގްރީ އަށް ހޫނުމިން އަރާ! ހޫނު ގަދަވެގެން މީހުން މަރުވޭ! އެއީ މިޒަމާނު އެއަރ ކޮންޑިޝަން ޒަމާނުގައި އޭސީ ޒަމާނުގައި ޢާއްމުކޮށް ހޮޓާތަކާ ގަނޑުވަރު ތަކާއި، ގެތަކުގައި ޕޫލް ހަދައިގެން އުޅޭ އިރުގައި! 

އެކަމަކު އެކަލޭގެފާނުގެ ޒަމާނުގައި އެއާޔަތްތައް ބާއްވާލެއްވުނު ޒަމާނުގައި މުޅި މަދީނާގައި ހުންނަނީ ފެންބޯ އެންމެ ވަޅެއް! އެ ވަޅުން ދުރަށް ހިނގައިގެން ބުރަ އުފުލައިގެން ގެއަށް ބޯށާ، ފެންވަރަންށާ ވުޟޫ ކުރަން ފެން ގެންނަން ޖެހެނީ، سُبْحَانَ الله!  

އެކަމަކު ފަރުދާގެ ޢާޔަތް ބާއްވައިލެއްވުނީމައި ޞަޙާބިއްޔާތުން އެކަނބަލުންގެ ޖިސްމުތައް އެކަނބަލުންގެ ހަށިތަށް ނިވާ ކުރެއްވީ! އެކަނބަލުން ވިދާޅުވަނީ އެކަނބަލުން ހީވަނީ ކަޅު ކާޅެއްހެންނޭ، يا الله! މާނައަކީ އެކަނބަލުންނަށް އެއްވެސް ތަނެއް ނުފެނެއޭ، އެކަނބަލުންގެ ހަށިތައް އެއްކޮށް ނިވާކުރިއްޔޭ، ޒީނަތްތެރި ރީތި ކުލަތައްވެސް ދޫކޮށްލީއޭ،  

އެހެނީ ވަރަށް އަސަރުގަދަ ވަރަށް ކުލަގަދަ ރީތި ހެދުމަކީ ފިރިހެނުންގެ، އެހެންމީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ އެއްޗެއް. ހިލޭ މީހުންގެ ޝައުޤުވެރިކަން ހޯދުމަކީ އަންހެނުންނަށް އެކަށީގެންވާކަމެއްނޫން، ކޮބައިތޯ އޭގެ މަޤްޞަދަކީ؟ ފިރިމީހާގެ ޝައުޤުވެރިކަން ހޯދަންޖެހެނީ އެހެންނޫންތޯ، 

އެކަމަކު އަޅުގަނޑުމެންގެ މި ޒަމާނަށް އައިއިރު ހުރިހާކަމެއް އަނެއްކޮޅަށް ޖެހިފައިމިއޮތީ، ފިރިހެނުން މިއޮށް ހޫނު ގަދަޒަމާނުގައި ރަސްމީވީ ވަރަކަށް ޖަލްސާ ބޮޑުވިވަރަކަށް ކަޅުކުގައިގެ ކޯޓް ފަޓްލޫންލާ އެއްކޮށް ނިވާކުރަނީ، އަޑިން އެއްޗެއް އޭގެ މަތިން އެއްޗެއް އޭގެމަތިން އަދި ބޮޑު ކޯޓެއް، ހޫނާ އެކުގައި! 

އެކަމަކު މިނިވަންކަމުގެ ދަޢުވާކުރާ އަންހެން ކަނބަލުން ބާލަމުން ބާލަމުން ބާލަމުން ކުޑަކުރަމުން إِنَّا لِلَّهِ وَإِنَّا إِلَیْهِ رَاجِعُونَ . މީ ކޮންކަހަލަ ފިލޯސަފީއެއްތޯ؟ މީ ހަމަ އާދައިގެ ފިތުރަތު ސަލާމަތުންހުރި އިންސާނަކަށް ޤަބޫލު ކުރެވޭނެ ފިލޯސަފީއެއްތޯ މީ، ނޫން ލޮބުވެތި އަޚުނާއި އުޚުތުން! މީ ފަހު ޒަމާނުގެ އަޅުވެތިކަމުގެ ތެރެއިން އަޅުވެތިކަމެއް.

 

- ޝައިޚް އާދަމް ޝަމީމްގެ ދަރުސަކުން

މިއަދު އޮންލައިން