ޙަނދުމަކޮށްދިނުމެއް!: ސަޖިދައިގަވެސް ދަމުނަމާދުގަވެސް ކުރެވިދާނެ ބައެއް ކުރު ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ޙަނދުމަކޮށްދިނުމެއް!: ސަޖިދައިގަވެސް ދަމުނަމާދުގަވެސް ކުރެވިދާނެ ބައެއް ކުރު ދުޢާ-

ދަމުނަމާދުކުރަން ގިނައިން ފެށެނީ ޢުމުރުން ދުވަސްވުމުން ކަމަށްވާތީ ކުރިން ދަސްކޮށްފައި ނުވާ މީހުންނަށް ދިގުކޮށް ދުޢާތައް ހިތުދަސްދަސްކުރުމަކީ ކުރަން އެހައިފަސޭހަކަމަކަށް ނުވެއެވެ. އެހެންކަމުން އެންމެ ގިނަބައަކު އޮޅުންފިލުވަން ބޭނުންވާ އެއްކަމަކީ ދަމުނަމާދުގައި ކުރާނެ ކުރު ދުޢާތަކެވެ. އެފަދަ މީހުންނަށްޓަކައި މިބަޔާންކުރަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެ ދެއްވި ބައެއް ދުޢާއެވެ.

ދަމުނަމާދުގައި ކުރެވިދާނެ ކުރު ދުޢާ ތައް:  

·        اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ޢަފޫ ކުރައްވާ އިލާހެވެ. ޢަފޫ ކުރެއްވުމަށް ލޯބި ކުރައްވާ އިލަހެވެ. އަޅަމެންނަށް ޢަފޫކޮށްދެއްވާފާންދޭވެ.  

·        رَبَّنَا آتِنَا فِيْ الدُّنْيَا حَسَنَةً وَفِيْ الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން މުއްތި ކުރައްވާފާންދޭވެ. 

·        رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْرًا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާންދޭވެ. 

·        رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَة ًإِنَّكَ أَنْتَ الْوَهَّابُ 

މާނަ: އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްގުގެ މަގުން އެއްކިބާ ނުކުރައްވާފާންދޭވެ. އަދި އަޅަމެންނަށް އިބަ ﷲ ގެ ޙަޟްރަތުން ރަޙްމަތް ލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ އިލާހެވެ. 

·        اَللَّهُمَّ تَوَفَّنَا مُسْلِمِيْنَ وَأَلْحِقْنَا بِالصَّالِحِيْنَ  

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މުސްލިމުންކަމުގައިވާ ޙާލުގައި އަޅަމެންގެ މަރު ގެންދަވާފާންދޭވެ. އަދި ޞާލިޙުންނާއި އެކު އަޅަމެން ލައްވާފާންދޭވެ. 

·        اَللَّهُمَّ ارْزُقْنَا الْجَنَّةَ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވާފާންދޭވެ.  

·        اَللَّهُمَّ أَجِرْنَا مِنَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތް ކުރައްވާފާންދޭވެ. 

 

 

 

 

މިއަދު އޮންލައިން