ކުރިމަތިވެފައިވާ ކަމެއްގެ ސަބަބުން ސިކުނޑިއަށާއި ހިތަށް ނުތަނަވަސްކަން ލިބޭ މިންވަރު ބޮޑުވެ އެކަމުން ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތްކަމަށް ވިސްނިދާނެއެވެ. އެއިރުން އެމީހަކަށް އެހުރެވެނީ އެމައްސަލައިގެ އަޅަކަށް ވެވިފައެވެ. އެއީ އެއްވެސް މުސްލިމަކަށް ކުރިމަތިވެގެންވާނެ ޙާލަތެއް ނޫނެވެ.
އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ރޭގަނޑުގެ ފަހު ދަންފަޅީގައި ހޭލައި ވުޟޫކޮށް 2 ރަކްޢަތް ނަމާދެއް ކޮށްލާށެވެ! ދެން އިރުކޮޅަކަށް ދެލޯ މަރައިލައިގެންއިނދެ ކުރިމަތިވެފައިވާ މައްސަލަ ހިތަށް ގެންނާށެވެ. ދެން މިފަދައިން ﷲ ތަޢާލާއަށް ދަންނަވާށެވެ! (ދުޢާކުރާށެވެ!)
"ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ މައްސަލައިގައި ވިސްނައި ވިސްނައި މިއަޅާ ވަރުބަލިވެއްޖެއެވެ. އިތުރަށް ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ. އެމައްސަލަ މިއަޅާގެ ހިތުން ފުހެލައި ހަމަޖެހިގެން ދިރިއުޅުމުގެ ހިތްވަރު މިއަޅާއަށް ދެއްވަވާނދޭވެ. އެމައްސަލަ މިއަޅާގެ ވިސްނުމުން ފުހެލުމުގެ ބާރު މިއަޅާއަށް ދެއްވަވާނދޭވެ!' އާމީން
ޢަޖުމަ ބަލައިލަން ނަމަވެސް މިފަދައިން ކަންތައް ކޮށްބަލާށެވެ! އަދި އެހިސާބުން ފެށިގެން ތިމާއަކީ ރޭއަޅުކަމުގެ 2 ރަކްޢަތް ނަމަވެސް ކޮށް ދުޢާކުރުންމަތީގައި ހުންނަ މީހަކަށްވެބަލާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން