މޭގަ ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބަލި ނުފެންނާތީ އެމީހަކަށް ނުބައިބަސް ނުބުނާށެވެ! އޭނާ އެވަނީ މާބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށްވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މޭގަ ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބަލި ނުފެންނާތީ އެމީހަކަށް ނުބައިބަސް ނުބުނާށެވެ! އޭނާ އެވަނީ މާބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށްވެދާނެއެވެ!

ޢާއިލާގެ މީހަކު ކަމަށްވީނަމަވެސް އަދި ކައިވެނިކުރަން ނިންމައިގެން އުޅޭ މީހަކުކަމަށްވީނަމަވެސް ކުއްލިކުއްލިއަށް މޭގައި ރިއްސަނީއެވެ. ވޭން އަޅާލެއް ގަދަކަމުން ކެތްނުކުރެވޭ ވަރަށްވެސް ވޭން އަޅަނީއެވެ. އެހެންވެ ޑޮކްޓަރަށް ދައްކަނީއެވެ. އީސީޖީ ނަގައި ބަލަނީއެވެ. އެހެންވެސް ޓެސްޓްތައް ހަދަނީއެވެ. ނަމަވެސް އެއްވެސް ބައްޔެއް ނުވަތަ މައްސަލައެއް ހުންނަ ކަމަކަށް ޓެސްޓަކުން ނުދައްކައެވެ. 

މިޙާލަތުގައި ބައެއް ފަހަރު ކަންކަން ކުރެވެނީ ރަނގަޅަކަށް ނޫނެވެ. އެއީ އެހެން މީހުންގެ ސަމާލުކަން ހޯދަން އޭނާ އަމިއްލައަށް ހެދިގެން އުޅޭ ގޮތެއް ކަމަށް ވިސްނައި އޭނާއަށް ނުބައި ބަސްތައް އެބަ ބުނެއެވެ. މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. 

ސަބަބަކީ މިއީ ސިޙުރުން ނުވަތަ އެސްފީނާއިންވެސް މެދުވެރިވެދާނެ ކަމެކެވެ. ކައިވެނި ކުރިއަ ނުދޭން ނުވަތަ ދެމަފިރިން ދުރުކުރުވަން ހަދާ ޞިޙުރަކުންވެސް މިފަދަ ގޮތެއް މެދުވެރިވެދާނެއެވެ. ވީމާ ރުޅިނައިސް އޭނާ ރަނގަޅު ރާޤީއަކަށް ދައްކައި އޭނާގެ ޙާލަތު ދެނެގަންނަން މަސައްކަތްކުރާށެވެ. ސިޙުރާ އެސްފީނާ އިން ކުރިމަތިވާ ކަންކަން ދެނެގަނެވޭނެ އެއްވެސް ކްލިނިކަލް ލެބޯޓްރީއެއް ނެތެވެ. ވީމާ ލެބޯޓްރީތަކުން ހަދާ އެއްވެސް ޓެސްޓަކުން އެކަންކަމެއް ނުއެނގޭނެއެވެ. 

އަހުރެން މިފާހަގަކުރީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. އެފަދަ ކަންކަން މެދުވެރިވުމުން ހަޤީޤަތް ނުހޯދައި ނުބައި ބަސްތައް ބުނަމުން ގޮސް ނަފްސާނީ ބަލިމީހަކަށްވާފަހުންވެސް ކަންކަމުގެ ޙަޤީޤަތް އެނގިފައި އެބަހުއްޓެވެ. ވީމާ އެޙާލަތަށް ކަންކަން ނުގެންދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން