ކިތަންމެ ގިނަ ހެޔޮ އަމަލު ކުރިނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތްނުވެވޭނެ ކަމުގެ އިންޒާރު ﷲ ދެއްވަވާފައިވާ މީހުން ގިނަވުން- ހޭލުންތެރިވާންޖެހިފައިވާ ބޮޑު މައްސަލައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކިތަންމެ ގިނަ ހެޔޮ އަމަލު ކުރިނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތްނުވެވޭނެ ކަމުގެ އިންޒާރު ﷲ ދެއްވަވާފައިވާ މީހުން ގިނަވުން- ހޭލުންތެރިވާންޖެހިފައިވާ ބޮޑު މައްސަލައެއް!: މުފްތީ މެންކް

ކޮންމެ ހެޔޮ އަމަލުތައް ކުރަނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމަށް ވަރަށް ބުރަކޮށް މަސައްކަތްވެސް ކޮށްގެންނެވެ. އަދި ޞަދަޤާތްކުރުމާއި ޙައްޖާއި ޢުމުރާވުމާއި ޒަކާތްދިނުން ފަދަ އަމަލުތައް ކުރަނީ އަތުން ހޭދަވެސްކޮށްގެންނެވެ.  

މިހުރިހާ ކަންކަމަށްފަހު އެކަންކަމުން ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެނަމަ، ނަރަކައިން ސަލާމަތް ނުވެވިއްޖެ ނަމަ ތިމާއަށްވުރެ ބޮޑަށް ނިކަމެތިވެ ބިކަ ޙާލުގައި ޖެހޭނީ ކާކުހެއްޔެވެ؟ ވީމާ އެފަދަ މީހަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރަން އަވަހަށް ފަށާށެވެ! 

ބައެއް މީހުންނަކީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްކުރާ މީހުންނެވެ. ދަމުނަމާދުކޮށް ދުލުން ޛިކުރުތައްވެސް ކިޔާ މީހުންނެވެ. ވަރަށް ފުރިހަމައަށް ހެދުންވެސްލާނެއެވެ. ޤިޔާމަތް ދުވަހު އެމީހުން މަޙްޝަރަށް ދާނީ އެމީހުންކުރިހައި ނަމާދުތަކާއި ކުރިހައި އަޅުކަންތަކާއި ކިޔެވިހައި ޤުރްއާނާއި ހިފައިގެްނ އެމީހުން ދުނިޔޭގައި އުޅުނުއިރު ލައި އުޅުނު ފުރިހަމަ ހެދުމުގައެވެ.  

ނަމަވެސް އެމީހުންނަކީ ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅު އެޅި އަޅުވެތިވެފައިވާ މީހުންނެވެ. ވީމާ މިފަދަ މީހުން ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްނުވެވޭނަމަ ކިތަންމެ ބައިވަރު އަޅުކަމެއް ކުރިނަމަވެސް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިފަދަ މީހުންނާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންނަކީ ބަނގުރޫޓުވެ ދރަނިވެރިވެފައިވާ މީހުން ކަމަށެވެ.  

އެފަދަ މީހުންގ ކިބައިން ފެންނާނެ އެންމެ ޢާންމު ބައެއް ޢަލާމާތްތަކަކީ

1 ދުލުން ނުބައިބަސްތައް ބުނުން 2 އެހެން މީހުންގެ ދިރިއުޅުމަށް ދަތިކުރުން 3 މީސްތަކުންނާއިމެދު ދެއްކުން ހުއްދަނޫން ވާހަކަ ދެއްކުން 4 މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން 5 ޙަރާމް ގޮތުގަ ފައިސާ އާއި ތަނަވސްކަން ހޯދުން 6 މުސްލިމް އަޚުންގެ މުޅަމަސްކެއުން ފަދަ އެތައް ކަންކަމެވެ.  

އެމީހުން ބަނގުރޫޓުވެގެންދަނީ އެމީހުން އެހެން މީޙުންނާިމެދު ކޮށްފައިވާ ނުބައި ޢަމަލުތަކުގެ ސަބަބުން އެމީހުންނަށް ބަދަލުދޭންޖެހުމުންނެވެ.  

މިފަދަމީހުންނާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަރަށް ގިނަ ޙަދީޘްފުޅުތައް ކުރައްވަވައިފައެވެ. އަދި ﷲ ތަޢަލާ ވަނީ އެފަދަ މީހުންނަކީ އެމީހުން ކުރާ ހެޔޮ ޢަމަލުތައް އިސްރާފުކުރާ ބައަކު ކަމަށް ވަޙީކުރައްވަވައި އިންޒާރުދެއްވަވައިފައެވެ.  

މީސްތަކުންނޭވެ! ހެޔޮ ޢަމަލުތައް ކިތަންމެ ގިނައިން ކުރި ނަމަވެސް މިބަޔާންކުރި ފަދަ ޢަމަލުތައް ކުރާނަމަ އެމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ އެއްވެސް ފައިދާއެއް އެމީހާއަށް ކުރާނެ ކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ބަދަލުގައި ބުނެވެން އޮތީ އެ ޢަމަލުތައް އިސްރާފަކަށްވުން ގާތްކަމަށެވެ. އެއީ އެކަމަށް ﷲ ތަޢާލާ އިންޒާރުދެއްވވާފައިވާތީއެވެ.  

ކޮންމެ މީހަކަށް ސުންނަތް އަޅުކަން އެހައިގިނައިން ނުކުރެވިދާނެއެވެ. ޛުކުރުކުރެވޭވަރު ވެސް މަދުވެދާނެއެވެ. ނަމަވެސް ބުނެލަން އޮތީ ގިނަ ހެޔޮ ޢަމަލުތައްކޮށް އެ އަމަލުތައް އިސްރާފުކުރާ މީހަކަށްވުރެ މަދުން ހެޔޮ އަމަލުކުރެވުނު ނަމަވެސް އިސްރާފުނުކޮށް އެމީހަކަށް ކުރެވުނު ޢަމަލުތައް އެމީހަކާއިއެކު ދަމަހައްޓާ މީހާއަށް ކުރާނެ ފައިދާ މާބޮޑުވެދާނެ ކަމަށެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން