ފިރިމީހާގެ ކިބައިން ބޮޑެތި އަނިޔާތަކެއް ލިބެމުން ދިއަ އަންތބަކަށް އާސިޔަތުގެފާނު ފަރުވާދެއްވަވަނިކޮށް ހުވަފެނުން ފެނުމާ އެކަމުން ސަލާމަތްވުން- އަނިޔާކުރަން ބިރުވެތިވުން ހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފިރިމީހާގެ ކިބައިން ބޮޑެތި އަނިޔާތަކެއް ލިބެމުން ދިއަ އަންތބަކަށް އާސިޔަތުގެފާނު ފަރުވާދެއްވަވަނިކޮށް ހުވަފެނުން ފެނުމާ އެކަމުން ސަލާމަތްވުން- އަނިޔާކުރަން ބިރުވެތިވުން ހުރި!

އަނބިންނަށް ހެޔޮކޮށް ހިތާ ފިރިން ބައިވަރެވެ. ނަމަވެސް އެކަމުގެ ވާހަކަ އެންމެންނަށް އަންގައިދެވޭކަށް ނޯވެއެވެ. ސަބަބަކީ އެހެންމީހުންގެ ކަޅިއެޅުންތަކެވެ. އެސްފިނާއަށް ބިރުވެތިވާންޖެހޭ ކަމެވެ. އެއިގެ ބަދަލުގައި އަބަދުހެން މިއިވެނީ އަނިޔާކުރާ ވާހަކައެވެ. އެއީ އަނިޔާއަށް ކެތްނުކުރެވުމުން އެކަމުގެ ވާހަކަތައް ދައްކާތީއެވެ.  

މިކިޔައިދޭ ޙާދިސާއަށް ވިސްނާށެވެ! ޢިބްރަތަކަށް ފުޑޭނެއެވެ. އިން ޝާ ﷲ 

އެތާރީޚްވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހެވެ. އަހުރެންނަށް ލިބުނު އީމޭލެއްގައިވަނީ ފިރިމީހާ އޭނާގެ އަނބިމީހާގެ ފަޔަށް ކޮށްފައިވާ ބޮޑެތި އަނިޔާތަކެއްގެ ފޮޓޯތަކެއްގެ ފޮޓޯތަކެކެވެ.  

އަހުރެން ޖަވާބުގައި ފިރިމީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ބުނުމުން އެއްބަހެއް ނުވިއެވެ. ބުނީ މި ފޮޓޯތައް ފޮނުވި ބޭނުމަކީ އޭނާއަށް ފިރިމީހާ ކުރާ އަނިޔާގައި މަރުވެއްޖެނަމަ އޭނާ އަނިޔާކުރިކަމަށް އަހުރެން ހެކިވެދިނުމަށް ކަމަށެވެ.  

ނަމަވެސް ތަކުރާރުކޮށް ފުލުހުންނަށް ރިޕޯޓްކުރަން ނަޞޭޙަތް ދިނުމުން ބުނީ މިވަގުތު މިއުޅެނީ ބޭރު ޤައުމަކަށް ދަތުރެއް ކުރަން ކަމަށާއި އެނބުރި އައިސް އެކަމަށް މަޝްވަރާކުރާނީ ކަމަށެވެ.  

ކޮންމެއަކަސް އެއިގެ 2 ހަފްތާފަހުން އޭނާ އީމޭލެއް ފޮނުވިއެވެ. އެއިގައި ބުނެފައި އޮތީ ފިރިމީހާ އޭނާ ވަރިކުރަން އެއްބަސްވެއްޖެ ކަމަށާއި އޭނާ މިހާރު ބޭރު ޤައުމެއްގައި ހުރުމުން ފިރިމީހާގެ އަނިޔާވެރިކަމުން ސަލާމަތްވެވިފައިވާ ކަމަށެވެ.  

ދެން މިބުނަނީ އޭނާ ބުނި އެންމެ ޚާއްޞަ ވާހަކައެވެ. އޭނާ ބުނީ ފިރިއަޢުނުގެ ކަލާނގެވަންތަކަން ޤަބޫލުނުކުރުމުން އަނިޔާކޮށް އަވަހާރަކޮށްލި އާސިޔަތުގެފާނު ހުވަފެނުން ފެނުނު ކަމަށާއި ފެނުނީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް އާސިޔަތުގެފާނު ފަރުވާކުރައްވަވަނިކޮށް ކަމަށެވެ.  

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ. ޙާޞިލްކުރަންވީ ޢިބްރަތަކީ އަނބިންނަށްވިޔަސް އެހެން މީހަކަށްވިޔަސް އަނިޔާކުރާއިރު އެތަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމުން އެމީހަކަށް ރަޙުމް ކުރައްވަވާނެ ކަމެވެ. އަދި އަނިޔާވެރިންނަށް ޙައްޤު ޖަޒާ ދެދުނިޔޭގައިވެސް ދެއްވަވާނެ ކަމެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން