ސިޙުރުގެ ސަބަބުންވެސް ފިޓްޖެހޭ! ގަނޑުވެ ހުއްޓުން އަރާގޮތްވެސް މެދުވެރިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސިޙުރުގެ ސަބަބުންވެސް ފިޓްޖެހޭ! ގަނޑުވެ ހުއްޓުން އަރާގޮތްވެސް މެދުވެރިވޭ!

ސިޙުރުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ތެރޭގައި ފިޓްޖެހުމާއި "ގަނޑުވެ" ހަމަހިމޭނުން ހުރުންވެސް ހިމެނެއެވެ. މިޙާލަތަށް މީހާގެ ކަންކަން ދިއުމުގެ ކުރިން ގިނަ ބައަކަށް ބިރުވެރި ހުވަފެންތައް ފެނެއެވެ. އަދި ހޭލާހުންނައިރުވެސް ތަފާތު އަޑުތައް އިވުން ފަދަ ކަންކަންވެސް މެދުވެރިވެއެވެ. 

މިޙާލަތުގައިވާ މީހުންތެ ގާތުގައި ރުޤްޔާކުރާނަމަ ގައަށް ބާރުއަރާލެއް ގިނަ ފަހަރު ގަދަވާނެއެވެ. ތެޅިފޮޅޭނެއެވެ. ހިފަހައްޓަންޖެހޭ ޙާލަތަށްވެސް ކަންކަން ހިނގައިދާނެއެވެ.  

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފިޓްޖެހުމަކީ ހަމައެކަނި ބައްޔެއް ކަމަށެވެ. ނަމަވެސް ބަލީގެ އިތުރުން ސިޙުރުންވެސް އެފަދަ ކަންކަން ކުރިމަތިވެއެވެ. އަދި މީހާ ގަނޑުވެ ހުއްޓުން އަރާގޮތް މެދުވެރިވާނަމަ އެއީ ސައިކޮލޮޖިކަލް މައްސަލައެއް ކަމަށްވެސް ނިންމައެވެ. ނަމަވެސް އެކަން އެގޮތަށް ނިންމަންވާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. އެއި ސިޙުރުންވެސް އެކަންކަން ކުރިމަތިވާނީއެވެ.  

މިބާވަތުގެ ކަމެއް ކުރިމަތިވާނަމަ ފެނަށް ރުޤްޔާކޮށްގެން ގައަށް އަޅާށެވެ. ރުޤްޔާކުރި ފެން ބޯށެވެ. އަދި ރުޤްޔާކުރި ތެޔޮ (ޒައިތޫނި ތެޔޮ) ގައިގައިލާށެވެ! އަމިއްލަ ފަރުވާއިން ޝިފާ ލިބުން ލަސްވާނަމަ ރަނގަޅަށް ރުޤްޔާކުރަން ދަންނަ މީހެއްގެ ލަފާ ހޯދާށެވެ!

 

- މަޝްހޫރު ރާޤީއެއްގެ ނަޞީޙަތުން

މިއަދު އޮންލައިން