ވަރިކޮށްފަ ނުވަތަ ވަރިވެފަ މިކުރެވުނީ މޮޅުކަމެއް ކަމަށްދެކެ އުފާކުރަން ހެޔޮނުވާނެ! އެކުރެވުނީ އެންމެ ބޮޑު ދެރަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ވަރިކޮށްފަ ނުވަތަ ވަރިވެފަ މިކުރެވުނީ މޮޅުކަމެއް ކަމަށްދެކެ އުފާކުރަން ހެޔޮނުވާނެ! އެކުރެވުނީ އެންމެ ބޮޑު ދެރަ ކަމެއް!

މިހާރަކަށް އައިސް ބައިވެރިޔާ އާއި ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ވަރިކުރުމާއި ވަރިވުން މިއޮންނަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. އެހެންވެ ވަރިކޮށްފައި ނުވަތަ ވަރިވެވުމުން އެއީ ޙާޞިލުކުރެވުނު ބޮޑު އުފާވެރިކަމެއްކަމަށް ދެކި ޕާޓީ ބާއްވާ މީހުން އަންނަނީ ގިނަވަމުންނެވެ.  

ކަމުގެ ޙަޤީޤަތަށް ބަލައިލަމާހިނގާށެވެ! އިސްލާމް ދީނުގައި ވަރިކުރުމާއި ވަރިވުން ހުއްދައެވެ. ނަމަވެސް އެކަން ލައްވަވާފައިވަނީ ﷲ ތަޢާލާ ހުއްދަ ލކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަންތަކުގެ ގޮތުގައެވެ. ވީމާ ސުވާލަކީ ތިއަ އުފާކުރަނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާ ކަންތައް ކުރެވިގެންނެވެ.  

ވަރިކުރަންވާނީވެސް އަދި ވަރިވާންވާނީވެސް ކައިވެނި ދަމަހައްޓަން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށްފައެވެ. އެއްވެސް ކާމިޔާބީއެއް ނުލިބުނު ނަމައެވެ. ކުރިމަތިވާ މައްސަލައަށް އެއްވެސް ޙައްލެއް ނުލިބުނު ނަމައެވެ.  

ގިނަ ބައަކު ކައިވެނި ރޫޅާލަނީ މިކަންކަމަށް ވިސްނާ ނުލައެވެ. ވީމާ އަންނަ ފޯރިއެއްގައި ކައިވެނި ރޫޅުނަސް، ވަރިބަސް ބުނެވުނަސް އަވަހަށް ރުޖޫޢަކުރާށެވެ. ރާޖިޢު ވަރިއެއް ނަމަ ޢިއްދައިގެ މުއްދަތުގައި ރުޖޫޢަކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.  

އަހުރެންގެ ވިސްނުމުގައި ވަރިކުރުމަށްފަހު ޢިއްދައިގެ މުއްދަތުގައި އަނބިމީހާގެ ހުރިހާ ކަމެއް ބަލަހައްޓައިދޭން ފިރިމީހާގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ އެއް ޙިކުމަތަކީވެސް ޖެހުނު މައްސަލަ ޙައްލުކޮށް ކައިވެނި ރުޖޫޢަކޮށް އެފަދަ މައްސަލައެއް އިތުރަށް ނުޖެހޭނެ ގޮތަށް ދިރިއުޅުމެވެ. އެއިރުން ލިބޭ އުފާވެރިކަން މާބޮޑުވާނެތީއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސްކުން  

ދެމީހުން ދެތަނެއްގައި ތިބިނަމަވެސް ރުޖޫޢަކުރަން ހުރަހެއް ނެތެވެ!  

ސުވާލު: ދެމަފިރިން ދެތަނެއްގައި ތިބެގެން ކައިވެނި ރުޖޫޢަ ކުރެވޭނެތޯ  ؟ 

ޖަވާބު: ރަޖުޢީ ވަރިއެއްގެ އިއްދައިގެ ތެރޭގައި ފިރިމީހާ ތިމަންނަ ކައިވެނި ރުޖޫޢަ ކޮށްފީމޭ ބުނީމަ ރުޖޫޢަވާނެ. ނަމަވެސް ކޯޓްގައި ރަޖިސްޓްރީ ކުރަން ޖެހޭނެ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން