ކިތަންމެ އަވަހަށް ނަމާދު ނިންމަން ބޭނުންވިޔަސް ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ދެއްވަވާފައިވާ އަގުހުރި ހަދިޔާތައް ލިބިނުގަނެ ނަމާދު ނިންމާލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ކިތަންމެ އަވަހަށް ނަމާދު ނިންމަން ބޭނުންވިޔަސް ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ދެއްވަވާފައިވާ އަގުހުރި ހަދިޔާތައް ލިބިނުގަނެ ނަމާދު ނިންމާލަން ހެޔޮނުވާނެ!

މިހާރަކަށް އައިސް ގިނަ ބައަކު އަވަހަށް ނަމާދު ނިންމަން ބޭނުންވެފައި ތިބޭވަރުން ފަހު އައްތަޙިއްޔާތުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް (އިބްރާހީމް ޞަލަވާތް) ކިޔަވައިލުމާއިއެކު އަވަސްއަވަހަށް ސަލާމްދެއެވެ. އެކަނިހުރެ ކުރާ ފަރުޟް ނަމާދުތަކުގައި އަދި ސުންނަތް ނަމާދުތަކުގައިވެސް އެގޮތަށް އެކަން ކުރެއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އައްތަޙިއްޔާތުގައި އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު ދުނިޔެއާއި އާޚިރަތުންވެސް އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވެވި ދުޢާއެއްގެ ގޮތުގައި އައިސްފައިވަނީ: 

اَللّٰهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ جَهَنَّمَ ، وَمِنْ عَذَابِ الْقَبْرِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيْحِالدَّجَّالِ

(ދުޢާ: ޞަޙީޙް މުސްލިމް) 

އަދި ކުރައްވަވާނެ ރަނގަޅު ދުޢާއަކަށް އަބޫބަކުރުގެފާނު އެދިވަދައިގަތުމުން ދަސްފުޅުކޮށްދެއްވެވި ދުޢާވެސް ބުނެލާނަމެވެ. 

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَبِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ ‏”‏ ‏.‏

ވީމާ ކިތަންމެ އަވަހަށް ނަމާދު ނިންމަން ބޭނުންވިނަމަވެސް ފަހު އައްތަޙިއްޔާތުގައި ކިޔަންހުރި މިފަދަ ދުޢާތައް ނުކޮށް ނިންމައިނުލާށެވެ. އަދި ހަމަ އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެންވެސް ދުޢާކުރާށެވެ! ނޫންނަމަ އެނަގައިލެވެނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެމެންނަށް ދެއްވަވާފައިވާ އަގުހުރި ހަދިޔާތަކެވެ. އެހަދިޔާތައް ލިބިނުގަނެ ނަމާދު ނިންމާލަން ހެޔޮނުވާނެއެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން