ޙަސަދަވެރިންގެ ތެރޭގައި ގިނަވާނީ އެންމެ ގާތްކޮށް އުޅޭ މީހުން! ސަލާމަތުން ހުރެވޭނީ މިކަންކަމަށް ވިސްނައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޙަސަދަވެރިންގެ ތެރޭގައި ގިނަވާނީ އެންމެ ގާތްކޮށް އުޅޭ މީހުން! ސަލާމަތުން ހުރެވޭނީ މިކަންކަމަށް ވިސްނައިގެން!

ކިތަންމެ ޣާތްކޮށް އުޅުނަސް ހިތް ސާފު މީހުން ވަރަށް މަދުވެއްޖެއެވެ. ނަތީޖާއަކަށްވަނީ ކޮންމެވެސް ބާވަތެއްގެ ޙަސަދަވެރިކަމެއް ހިތުގައި އޮތުމެވެ. އެންމެ ދެރަކަމަކީ ޙަސަދަވެރިކަން ހިތުގައި ބާއްވައިގެން އުޅޭ ގިނަ މީހުންނަށް ތިމާއަށް އެނުބައި ކަންތައް ކުރެވޭކަންވެސް ނުއެނގޭ ކަމެވެ. ނުވިސްނޭ ކަމެވެ.  

މިހެން މިވަނީ ހިތަކީ މަޑުމަޑު ކުޑަކުޑަ މަސްކޮޅެއް ނަމަވެސް ކުރެވޭ ފާފަތުގެ ސަބަބުން ހިތް ކަޅުވާކަމެވެ. ހިތް ކަޅުވުމުން އެއިގެ ޒާތުގައި ހިތް ކިތަންމެ މަޑު ނަމަވެސް ހިތް ހަރުކަށިވެގެންދާނެއެވެ. އެހެން މީހުންނަށް ރަޙުމްކުރުމާއި ހިތްހެޔޮކުރުން ނެތިގެންދާނެއެވެ.  

އެމީހެއްގެ ހިތަކީ މިބުނިފަދަ ކަޅުކަމެއް ނެތް ހިތެއް ނަމަ އެހެން މީހުންގެ ހިތް ތިމާއަށް "ނުބައި" ހިތަކަށް ވެދާނެކަން ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. ވީމާ އިތުބާރު ކުރެވެއެވެ. އަދި ތިމާ އޭނާއަށް ހެޔޮކޮށް ހިތާފަދައިން އޭނާވެސް ތިމާއަށް ހެޔޮހިތާނެ ކަމަށްވެސް ވިސްނެއެވެ. ނަމަވެސް މިއަދުގެ ޙާލަތުގައި އެކަން އެގޮތަށް ކޮށްގެން ދެކޮޅުޖެއްސޭކަށް ނެތެވެ.  

ކުރެވިފައިވާ ހުރިހާ ދިރާސާތަކުންވެސް އެނގެނީ ޙަސަދަވެރިން އެންމެ ގިނައީ އެންމެ ގާތް މީހުންގެ ތެރޭގައި ކަމެވެ. ސަބަބަކަށްވަނީ ތިމާއަށްވުރެ ރަނގަޅު ގޮތެއް އެހެން މީހަކަށް ވުމަށް ނުއެދެވޭތީއެވެ. ތިމާއަށްވުރެ އަނެކާ ތަނަވަސްވާން ނުއެދޭތީއެވެ. ތިމާގެ ބައިވެރިޔާއަށްވުރެ އަނެކާގެ ބައިވެރިޔާ ރީތިވާން ނުއެނދޭތީއެވެ.  

ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ. އެންމެންނަށްވެސް ހިތްހެޔޮލުރާށެވެ! ތިމާގެ ހިތަކީ އެންމެންގެ މައްޗަށް ސާފުހިތެއް ކަމަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކުރަން އެންމެ ފަސޭހަވާނީ ތިމާއަށް އެއްވެސް މީހަކު އެހީތެރިނުވާނެ ކަމަށް ވިސްނައިގެން އުޅެން މަސައްކަތްކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން