އެރި އޮޅުމަކުން މިތެދުވެވެނީ 5 ވަނަ ރަކްޢަތަށްކަން އެނގިއްޖެ ނަމަވެސް އަދި ރަކޢަތް ކުރަމުން ދަނިކޮށްވެސް އެއީ 5 ވަނަ ރަކްޢަތްކަން އެނގިއްޖެނަމަ ވަގުތުން އިށީނދެ ނަމާދު ނިންމާށެވެ. އެއީ އައްޙިއްޔާތުކިޔައި ސަލާމްދިނުމަށްފަހު ކުށުސަޖިދަ ޖެހުމެވެ!
ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހަން ޖެހޭނީ ޝައްކުގެ މަތީގައި ކުރެވޭ ކަންކަމަށާއި އަދި ރަކްޢަތެއް މަދުވުމުން ނަމާދުފުރިހަމަކޮށްފައެވެ.
އިމާމް މީހާއަށް އެރި އޮޅުމަކުން އިތުރު ރަކްޢަތަކަށް ތެދުވެއްޖެނަމަ އެކަން އެނގޭ މީހުން ތެދުވުމެއް ނެތެވެ. އިމާމް މީހާއަށް އެކަން އަންގާނީއެވެ. މަދުކޮށްގެން އިނދެ އިމާމް މީހާ އާއިއެކު ސަލާމްދީ ނަމާދު ނިންމާނީއެވެ. މިޙާލަތުގައި ކުށުސަޖިދަކުރުން އޮތީ ސަލާމްދިނުމަށްފަހުގައެވެ.
މިފަދަ ޙާލަތެއް މެދުވެރިވުމުން އިތުރު ރަކްޢަތަށް ނުތެދުވާމީހުންވެސް އިމާމް މީހާއަށް ތަބަޢަވުމުގެ ގޮތުން ކުށުސަޖިދަޖަހަންވާނެއެވެ!
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް