އަންނަ ރުޅީގަހުރެ ނަމަވެސް ތިމާގެ އަނބިމީހާއަކީ ތިމާގެ ދަރިއަކާ އެއްވަރުކުރުމަކީ ކައްފާރާ ދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަންނަ ރުޅީގަހުރެ ނަމަވެސް ތިމާގެ އަނބިމީހާއަކީ ތިމާގެ ދަރިއަކާ އެއްވަރުކުރުމަކީ ކައްފާރާ ދޭންޖެހޭނެ ކަމެއް!

އިންސާނާގެ އެންމެ މުހިންމު ގުނަވަނީ ދޫކަމަށް ޢިލްމްވެރިން ބަޔާންކުރައްވަނީ ވަރަށް ގިނަ ސަބަބުތައް ހުންނާތީއެވެ. ދުލުން ބުނެވޭ ބަސްތަކުގެ ސަބަބުން މީހާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާތީއެވެ.  

އަޅުގަނޑުގެ ފިރިމީހާ ރުޅިމަތީގައި ހުރެ ވަނީ އަޅުގަނޑަކީ ދެމަފިރިންނަށް ލިބިފައި ތިބި ދަރިން ފަދަ މީހަކު ކަމަށް ބުނެފައެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ؟  

މިސުވާލަށް ޖަވާބެއްގެ ގޮތުން ދަންނަވަމެވެ.:  

ފިރިހެނަކުމަޖަލަކަށް ނަމަވެސް  އޭނާގެ އަނބިމީހާއަކީ އޭނާގެދަރިފުޅަކު ކަމަށް ބުނުމުގެ ޙުކުމް-   

މި ޙާލަތުގައި ބަލަން ޖެހޭނީ ފިރިމީހާގެ ނިޔަތަށެވެ. 

ފިރިމީހާގެ ނިޔަތަކީ އޭނާގެ ދަރިފުޅާއި ކައިވެނި ޙަރާމްވީ ފަދައިން އަންހެނުންނާ ވެސް ކައިވެނި ޙަރާމް ވެއްޖެޔޭ ބުނުން ކަމަށް ވަނީ ނަމަ ވާނީ ޡިހާރު ކުރިކަމަށެވެ. އެހެން ކަމަށްވަނީނަމަ ފިރިމީހާގެ މައްޗަށް ކައްފާރާ ލާޒިމްވެއްޖެ އެވެ. އަދި ކައްފާރާ ދިނުމުގެ ކުރިން އަންހެނުންނާއި ޖިމާޢު ވެގެންވެސް ނުވާނެއެވެ.   

ކައްފާރާއަކީ: އަޅަކުމިނިވަން ކުރުން، އެކަމަށް ނުކުޅެދިއްޖެނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުން، އެކަމަށްވެސް ނުކުޅެދިއްޖެނަމަ 60 (ފަސްދޮޅަސް) މިސްކީނުންނަށް ކާންދިނުމެވެ. 

ފިރިމީހާގެ ނިޔަތަކީ ދަރިފުޅުދެކެ ލޯބިވާފަދައިން އަންހެނުން ދެކެވެސް ލޯބިވަމޭ ބުނުން ކަމަށް ވަނީ ނަމަ އެއްވެސް މައްސަލަ އެއް -އިންޝާ ﷲ  -ނެތެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން