ޢީދު ޚުޠުބާ: ﷲ ތަޢާލާ މަތިވެރިކުރުމުން ޢީދު ދުވަސްފަށައި ޢީދު ފާހަގަކުރަން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކޮށްގެން ނުވާނެ ސަބަބު

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 15ސ
ޢީދު ޚުޠުބާ: ﷲ ތަޢާލާ މަތިވެރިކުރުމުން ޢީދު ދުވަސްފަށައި ޢީދު ފާހަގަކުރަން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކޮށްގެން ނުވާނެ ސަބަބު

ޢީދުވަސް ފަށަނީ ޢީދުނަމާދުންނެވެ. އެނަމާދު ފަށަނީ ﷲ ތަޢާލާގެ އެންމެ މަތިވެރި ކަލިމަފުޅުތައް ކިޔަމުންނެވެ. އެހައި މަތިވެރި ގޮތަކަށް ޢީދު ސުވަސް ފަށައި ޢީދު ނަމާދު ނިމުމުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ޢަމަލުތައް ކުރަން ހެޔޮނުވާނެއެވެ. ޚާއްޞަކޮށް އެހެން ދީންތަކުގެ މީހުން ކޮށްއުޅޭ ކަންކަމާއި ކުޅެއުޅޭ ކުޅިވަރުތައް ކުޅެން ހެޔޮނުވާނެއެވެ. 

އެކަން މިއަދުގެ ޚިޠުބާއިންވެސް ވަރަށް ސާފުކޮށް އެނގިގެންދެއެވެ. 

މިއީ އަހަރެމެންގެ ޢީދު ދުވަހެވެ. މިއީ ތަކުބީރުގެ ދުވަހެވެ. އަހަރެމެން މުސްލިމުންގެ ޢީދުގެ ޒީނަތްތެރިކަމަކީ ތަކުބީރެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلَّهِ الْـحَمْدُ. 

اَللهُ أكْبَرُ މި ކަލިމައަކީ މުސްލިމުންގެ ޝިޢާރެވެ. މުސްލިމުން ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދަށް ފަށަނީ، اَللهُ أَكْبَرُގެ މަތިވެރި ކަލިމައިންނެވެ. ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާއިރުގައްޔާއި، ޤަމަތް ދޭއިރު، ފަށަނީ މި ކަލިމައިންނެވެ. މުސްލިމަކު އެއްޗެއް ކަތިލާ ނަމަ، އެ އެއްޗެއް ކަތިލަނީ بِسْمِ اللهِ وَاللهُ أكْبَرُ މި މޫރިތި ޛިކުރުންނެވެ. 

ފިޠުރު ޢީދަކީ މުސްލިމުންނަށް ލިބިގެންވާ ދެ ޢީދުން ކުރެ އެއް ޢީދެވެ. ދެވަނަ ޢީދަކީ އަޟުޙާ ޢީދެވެ. މިއިން ކޮންމެ ޢީދެއް ވެސް އަންނަނީ ބޮޑުވެގެންވާ އަޅުކަމަކާ ގުޅިގެންނެވެ. އަޟުޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރުމާ ވިދިގެންނެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާން މަހުގެ ފަރުޟު ރޯދަ އަދާކުރުމާ ވިދިގެންނެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް އަށް ތަކުބީރުކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށް ޓަކައެވެ." މާތް މި ޢީދު ލެއްވީ، މުއުމިނުންނަށް ރަމަޟާން މަހުގައި ދެއްވި ތައުފީޤަށް ޓަކައި އުފާކުރުމަށެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلَّهِ الْـحَمْدُ.

އިސްލާމީ ޢީދުތަކަކީ، މާތް ޝަރުޢުކުރައްވައިފައިވާ ޢީދުތަކެކެވެ. ޖާހިލީ ޒަމާނުގައި ފާހަގަކުރި ޢީދުތައް ކީރިތި ރަސޫލާ  އުވައިލެއްވިއެވެ. އަދި އިސްލާމީ ދެ ޢީދު ފާހަގަކުރުމަށް އެންގެވިއެވެ. ފިޠުރު ޢީދު ދުވަހަކީ، މާތް ފަރުޟުކުރެއްވި ރޯދަ އަދާކުރެވުނީތީ، އެ ކަމަށް ޝުކުރުކޮށް، ފިޠުރު ޒަކާތް ނެރޭ ދުވަހެވެ. 

އިސްލާމީ ޢީދުތައް ފެށެނީ، މާތް އަށް ޝުކުރުދެންނެވުމަށް ޓަކައި، ކުރެވޭ ޢީދު ނަމާދުގެ ޖަމާޢަތުންނެވެ. މި ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބެއެވެ. އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެވެއެވެ. އިސްލާމީ ޢީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިޙުތިފާލުތަކެކެވެ. ޢީދު ދުވަހު އުފާފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަންޏެއް ނޫނެވެ. ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެންނެވެ. ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީއެވެ. އިސްލާމީ ޢީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެކެވެ. މިހެންވެ، ޢީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން، ސުންނަތްވެގެން ވެއެވެ. އަދި ހުވަނދުލުމާއި، މީރު ވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ، އިސްލާމީ ރިވެތި އަދަބެކެވެ. ކީރިތި ރަސޫލާ  ގެ ސުންނަތުން އެނގޭ ގޮތުގައި، އިސްލާމް ދީން މަނާކުރަނީ، އިސްރާފުކުރުމާއި، ބޮޑާކަމާއި، ކަންދެއްކުމުގެ ސިފަޖެހިފައިވާ ކަންތައްތަކެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلَّهِ الْـحَمْدُ.  

މި ފަދަ އުފާވެރި ދުވަހެއްގައި، ހަނދާނަށް ގެންނާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ބަރަކާތްތެރި ޖަމާޢަތަށް އަހަރެމެން ޙާޒިރުކުރުވީ މާތްވެގެންވާ އިސްލާމް ދީންކަމެވެ. އެހެންވެ އަހަރެމެންގެ ދީނާއި، ޢަޤީދާއަށް ރައްކައުތެރިވާން ޖެހޭނެއެވެ. ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިޤުލާލެވެ. ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި ޢަޤީދާ ފޯރުކޮށްދީ، ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން މިއަދު ޢަޒުމު ކަނޑައަޅާން ޖެހޭނެއެވެ. މި ލޮބުވެތި ވަޠަން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި  ދެމެހެއްޓޭނީ، އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިޔަތާއި ތަޢުލީމު ފޯރުކޮށްދީގެންނެވެ.

 

 

މިއަދު އޮންލައިން