2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ޢީދު ދުވަހުވެސް އެންމެ ފުރަތަމަ ހަނދާންކުރަންވީ ކޮންބައެއްގެ މަތީންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ޢީދު ދުވަހުވެސް އެންމެ ފުރަތަމަ ހަނދާންކުރަންވީ ކޮންބައެއްގެ މަތީންތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.    

މިއަދުގެ ސުވާލު:

ޢީދު ދުވަހުވެސް އެންމެ ފުރަތަމަ ހަނދާންކުރަންވީ ކޮންބައެއްގެ މަތީންތަ؟  

އެހީ:  

ޢީދު ދުވަހުވެސް އެންމެ ފުރަތަމަ ހަނދާންކުރުން އޮތީ އެމީހެއްގެ މައިންބަފައިންނާއި ޢާއިލާގެ މީހުންގެ މަތިންނެވެ. ދަރިން ދުރުގައި ތިބި އެދަރިންގެ މަތިންނެވެ. އެއްރަށެއްގައި ތިބި ނަމަ ބައްދަލުކުރާށެވެ! ދެރަށެއްގައި ނަމަ ގުޅައި ޙާލުއަހުވާލުބަލާށެވެ! އެހީތެރިކަމަށް ބޭނުންވެގެން ތިބިނަމަ އެހީތެރިކަން ފޯރުކޮށްދޭށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

މިހާރަކަށް އައިސް ގިނަ ބައަކަށް އިސްކަން ދެވެނީ އެކުވެރިންނަށެވެ. އެކުވެރިންނަށް ސަމާލުކަން ދިނުމަކީ ރަނގަޅު ކަމެކެވެ. ޢީދަކީ ތަހްނިޔާ ކިޔައި ހެޔޮދުޢާކުރަން އޮތް ދުވަހެކެވެ. އެހަނަސް ފުރަތަމަ ކަމަކަށް އަމިއްލަ ޢާއިލާއަށް އިސްކަންދޭށެވެ! އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތެވެ. އިން ޝާ ﷲ 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން