ހެޔޮ ގޮތުގަ ދަރިން ތަރުބިއްޔަތުކުރެވޭނީ ކުދިންނަށް ވިސްނޭނެ ގޮތަށް ބުނެދެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހެޔޮ ގޮތުގަ ދަރިން ތަރުބިއްޔަތުކުރެވޭނީ ކުދިންނަށް ވިސްނޭނެ ގޮތަށް ބުނެދެވިގެން!

ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރުމުގައި އެންމެ މުހިންމު އެއްކަމަކީ އެކުދިންނަށް ފަސޭހައިން ވިސްނޭނެ ގޮތަށް ބުނެދިނުމެވެ. މިޘާލުތައް ބުނެދީ ވިސްނައިދިނުމެވެ. ނުވިސްނޭނަމަ ތަކުރާރުކޮށްވެސް ބުނެދޭށެވެ! 

ނަމަވެސް ބައެއް ބެލެނިވެރިންނަށް ވާގޮތަކީ ބުލަދޭއިރަށް ދަރިންނަށް ނުވިސްނުނުނުނަމަ ދަރިފުޅުގެ ކިބައިގައި އުނިކަމެއް ހުރީކަމަށް ޤަބޫލުކުރެވެނީއެވެ. އިތުރަށް ބުނެދޭން ފޫހިވަނީއެވެ. އަދި ބައެއް ފަަހރު ރުޅިވެރި ބަސްތައްވެސް ބުނެވެނީއެވެ. 

އެހެން ނުހަދާށެވެ! ބުނެދޭ ކަންކަން ނަގައިގަތުމުގެ ބާރު ކުދިންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. ވީމާ ފުރަތަމަ ކަމަކަށް ދަރިފުޅުގެ ޙާލަތު ދަސްކުރާށެވެ! ފަރުވާކުރަންޖެހޭ ކަމެއް އޮތްނަމަ ފަރުވާކުރާށެވެ! 

ތިރީގައިވާ ލިޔުން ވިދާޅުވެ ލައްވައި ވީޑިއޯވެސް ބައްލަވައިލައްވާށެވެ! 

އިމާމް މުފްތީ މެންކުގެ މިވީޑިއޯ ފެނުމުން ގިނަ ބައެއްގެ ހިތަށް ވަރަށް ތަފާތު އަސަރުތަކެއް ކުރާނެއެވެ. ދީނީ ކަންކަމަށް ދަރިން ހޭލުންތެރިކުރުވަން މައިންބަފައިންނަށް މިފަދަ ސެޝަންތައް ކުރިއަށްގެންދެވިދާނެއެވެ. ދަރިވަރުން ހޭލުންތެރިކުރުވަން މުދައްރިސުންނަށްވެސް ކުރިއަށް ގެންދެވިދާނެއެވެ. އެއިގެ އިތުރުން ބޮޑެތި ޢިލްމުވެރިން ލައްވައިވެސް ކުރިއަށް ގެންދެވިދާނެއެވެ.

ދިރާސާތައް ދައްކާ ގޮތުން މިފަދަ ޕްރޮގްރާމްތަކުން ދަރިންގެ ސިކުނޑިއަށް ވައްދައިދެވޭ ކަންކަން ކުއްޖާގެ މުޅި ޢުމުރުގައިވެސް ހަރުލާފައި ހުރެއެވެ. އެކަމުގެ ފައިދާ މުޅިޢުމުރަށް ކުރެއެވެ.  

މިފަދަ ސެޝަންތައް ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްދެއްވެވިދާނެ ޢިލްމުވެރިން އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަތިއްބެވިއެވެ. ކޮންމެވެސް ތޯމަސްއެއްގެ ވާހަކަ ދައްކައި އޭނާ ޖެހިގޮތަށް ގޮށްޖަހައި އޭނާ ކުރި ކަންކަން ކުދިންގެ ވިސްނުމަށް ވައްދައިދޭން ވަޤުތުތައް ބޭކާރުކުރުމުގެ ބަދަލުގައި މިފަދަ ޕްރޮގްރާމްތައް ހިންގަން ސްކޫލްތަކުން ސަމާލުކަން ދޭނެނަމަ ހާދަ ބޮޑަށް ފައިދާކުރާނެއެވެ.   

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން