ހަނދުމަކޮށްދިނުމެއް!: ނަމާދު ޤަޟާކުރުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ހަނދުމަކޮށްދިނުމެއް!: ނަމާދު ޤަޟާކުރުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

ޢަޞްރުނަމާދުގެ ޖަމާއަތް ފަށަނިކޮށް މިސްކިތަށް އެރުނަސް މެންދުރު ނަމާދު ނުކޮށްހުރިނަމަ ފުރަތަމަ ކުރަންޖެހޭނީ ޢަޞްރުނަމާދެއް ނޫނެވެ. މެންދުރުނަމާދެވެ. ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން ސަމާލުކަންދޭންޖެހޭ އެންމެ ބޮޑު އެއް ސަބަބުތަކުގެ ތެރޭގައިވެސް މިފަދަ މައްސަލަތައް ކުރިމަތިވުން ހިމެނެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅު:  

ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އެއްޗެކެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހެނީ އެނަމާދެއްގެ ވަގުތުގައެވެ. ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ދޫވެއްޖެނަމަ ހަނދާންވި އިރަކުން ނުވަތަ ހޭލެވުނު އިރަކުން އެނާމާދެއް އަވަހަށް ކުރަންވާނެއެވެ.  

ނަމާދު ކުރަން ޖެހެނީ ތަރްތީބުންނެވެ. މާނައަކީ މެންދުރު ނަމާދު ނުކޮށް ޢަޞުރު ނަމާދެއް ނުކުރެވޭނެއެވެ. އަދި ޢަޞުރު ނުކޮށް މަޣްރިބް ނަމާދެއްވެސް ނުކުރެވޭނެއެވެ. އެހެންކަމުން މެންދުރުނަމާދު ނުކޮށް ހުއްޓާ ޢަޞުރު ވަގުތު ވެއްޖެ ނަމަ ފުރަތަމަ ކުރާނީ މެންދުރުނަމާދެވެ. އޭގެ ފަހުން ޢަޞުރު ނަމާދެވެ.والله أعلم

މިއަދު އޮންލައިން