ނަމާދުގައި ސަފު ހަދާނީ ފައިގެ ފުންނާންބުންތޯ؟ ނުވަތަ އިނގިލިތަކުގެ ކޮޅުންތޯ؟ ފައިތައް ކިހިނެއްތޯ ބަހައްޓާނީ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދުގައި ސަފު ހަދާނީ ފައިގެ ފުންނާންބުންތޯ؟ ނުވަތަ އިނގިލިތަކުގެ ކޮޅުންތޯ؟ ފައިތައް ކިހިނެއްތޯ ބަހައްޓާނީ؟

ސ: ނަމާދުގައި ސަފު ހަދާނީ ފައިގެ ފުންނާންބުންތޯ ނުވަތަ އިނގިލިތަކުގެ ކޮޅުންތޯ. ފައިތައް ކިހިނެއްތޯ ބަހައްޓާނީ؟ 

ޖ: ނަމާދުގައި ސަފު ހަދާއިރު ފައިތިލަ ހުންނަންވާނީ ޖެހިފައި. ފުންނާންބު ވެސް ހުންނަންވާނީ ޖެހިފައި. އަދި ކޮނޑާ ކޮނޑު ވެސް ހުންނަންވާނީ ޖެހިފައި. އެއްވެސް ހާލެއްގައި ނަމާދުކުރާއިރު ދެ މީހުންގެ ދޭތެރޭގައި ހުސް ޖާގައެއް އޮތުމަކީ އެއީ ކޮށްގެންވާނެ ކަމެއްނޫން. އެ ގޮތަށް ހުސް ޖާގަ ބެހެއްޓުމަކީ ޝައިޠާނާއަށް އެ ދެމެދަށް ވަދެ އެ މީހުންނަށް ވަސްވާސްދިނުމަށް ދެވޭ ފުރުސަތަކަށް ވެގެންދާނެ. 

އެހެންވެގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އިރުޝާދުދެއްވައިފައިވަނީ މުސްލިމުންގެ މެދުގައި އޮންނަ ބަދަހި ގުޅުން ސާބިތުކޮށްދިނުމަށް ޓަކައި އަދި މުސްލިމުންނަކީ އެއީ އެއްބަނޑު އެއްބަފާ ބައެއްކަން ސާބިތުކޮށްދިނުމަށްޓަކައި އަޅުގަނޑުމެއް ނަމާދަށް ތިބޭއިރު، ނަމާދުގެ ސަފު ހަދައިފައި ހުންނައިރު ކޮނޑާ ކޮނޑާ ޖެހޭ ގޮތަށް އަދި ފަޔާ ފަޔާ (އިނގިލިތަކުގެ އިތުރުން ފައިތިލަ އެއްކޮށް ފުންނާންބާ އެކީގައި) ޖެހޭ ގޮތަށް ކައިރި ކައިރީގައި ތިބުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުންމަތަށް އިރުޝާދު ދެއްވަފައިވަނީ. ވަﷲ އަޢުލަމް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން